ads
ރިހާނާ
ރިހާނާގައިން ދުވާ މީރު ވަހުގެ ސިއްރަކީ 12،000 ރުފިޔާގެ އަގުބޮޑު ސެންޓުފުޅި
ރިހާނާ އެންމެ ގަޔާވާ ސެންޓެއް ކަމަށްވާ ކިލިއަންސް ލަވް، ޑޮންޓް ބީ ޝައި އެވެ. ރީޓެއިލްކޮށް 840 ޑޮލަރަށް (12,894 ރުފިޔާއަށް) ވިއްކާ މި ސެންޓުގައި ނެރޯލީ، މާޝްމަލޯ، އަދި އޮރެންޖް ބްލޮސަމްގެ ނޯޓްތައް ހިމެނެ އެވެ.

ރިހާނާ މި ސެންޓު ލައިގެން އުޅޭކަން އެނގޭތާ އަހަރުތަކެއް ވެފައިވާއިރު، މިއީ އޭނާގެ ސިގްނެޗާ ސެންޓުތަކުގެ ތެރޭގައި ހިމެނޭ ސެންޓަކަށް ވަނީ ވެފައެވެ.

ޖިމް ޕާސަންސް އާއި އޮލީ އެލެގްޒެންޑާ ފަދަ މަޝްހޫރު އެހެން ތަރިން ވެސް ރިހާނާގެ ގައިން ވަރަށް މީރު ވަސް ދުވާކަމަށް ކޮމެންޓްކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ރިހާނާ އަކީ އެމެރިކާގެ ބާބަޑިއާގެ ލަވަކިޔުންތެރިޔެއްގެ އިތުރުން ފިލްމީ ތަރިއެކެވެ. އަދި ވިޔަފާރިވެރިއެކެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މިއުޒީޝަންއެވެ. އޭނާގެ މުއްސަނދިކަން 1.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ވަނީ ނުވަ ގްރެމީ އެވޯޑާއި 12 ބިލްބޯޑް މިއުޒިކް އެވޯޑާއި 22 އެމެރިކަން މިއުޒިކް އެވޯޑް ހޯދާފައެވެ. އަދި އޭނާ އަކީ އެލްވީއެމްއެޗްގެ ލަގްޒަރީ ބްރޭންޑެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފުރަތަމަ ކަޅު ނަސްލުގެ އަންހެންމީހާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް