ފްރެންޗް އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން އެއްވަނައަށް ރޭންކް ކުރެވިފައިވާ އީގާ ޝްވާންޓެކް ހޯދީ ފައިނަލްގައި ޗެކް ރިޕަބްލިކްގެ ކެރޮލީނާ މުކޯވާއާ ބަލިކޮށްގެނެވެ.
ފައިނަލް މެޗުގައި މުކޯވާއާ ބައްދަލުކުރި މެޗް ޝްވާންޓެކް ކާމިޔާބު ކުރީ ދެ ސެޓް އެއް ސެޓުންނެވެ.
ފައިނަލް މެޗުން މޮޅުވުމާއެކު ޝްވާންޓެކް މިވަނީ މިމުބާރާތުގެ އަންހެން ސިންގަލްސް ތަށި ދިފާއުކޮށްފައެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޝްވާންޓެކް މިތަށި ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.