ads
މިނިސްޓަރު އިމްރާން މަޖިލީހުގެ ޖަލްސާގައި: ފޮޓޯ މަޖިލިސް
ދީނީ ދަރުސްތަކުގައި ސިޔާސީ ވާހަކަ ދެއްކުން މަނާކުރުމުން އިމްރާން ނުރުހިއްޖެ
ދީނީ ދަރުސްތަކުގައިއާއި ދީނީ އެއްވުން ތަކުގައި ސިޔާސީ ވާހަކަ ދެއްކުން މަނާކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމައި ގަވާއިދު އާންމު ކުރުމާއި ގުޅިގެން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުރުހިއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. 

އިމްރާން ވިދާޅުވީ ދީނީ އިލްމުވެރިން، އިލްމީ ހަމަތައް ހިފަހައްޓާހާ ހިނދަކު ސިޔާސީ ވާހަކަ ދެއްކުން މަނާ ކުރެވޭނެ ހަމައެއް އަދި ސަބަބެއް ވެސް ނޯންނާނެ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމު ކޮށްފައިވާ ރިޔާސީ އިންތިހާބުގެ ގަވައިދުގައި ބުނެފައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި، ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނޭކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކާއި މުޅިން ފުށޫއަރާކަމެއް ކަމުގައެވެ. 

މީގެ އިތުރުން ސްކޫލްތަކާއި، މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ުނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ބައެއްބޭފުޅުން ދޭތެރެ ދޭތެރެއިން ސިޔާސީ ވާހަކަ ދައްކާތީ، އެކިއެކިި މުވައްސަސާތަކުން ކަންބޮޑުފުން ފާޅުކުރެއެވެ. އަދި މިއީ މި މައްސަލަ ހައްލުކުރުމަށް އިލެކްޝަންކޮމިޝަނުން ނެރުނު ގަވާއިދެއްކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް