ads
ޖޮކޮވިޗް
ފްރެންޗް އޯޕަންއާއެކު ޖޮކޮވިޗް ރެކޯޑް މުގުރާލައިފި
ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދައި، އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް، ސާބިއާގެ ނޯވަކް ޖޮކޮވިޗް މުގުރާލައިފި އެވެ.

ޖޮކޮވިޗް މުގުރާލީ ފްރެންޗް އޯޕަން ފައިނަލުގައި ރޭ ނޯވޭގެ ކެސްޕާ ރޫޑް އަތުން މޮޅުވެގެންނެވެ. އުމުރުން 36 އަހަރުގެ ޖޮކޮވިޗް، ތިންވަނަ ފްރެންޗް އޯޕަން ތަށްޓާ އެކު، ޖުމްލަ 23 ގްރޭންޑް ސްލޭމް ހަމަކޮށްފަ އެވެ. ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ މި ރެކޯޑް ކުރިން އޮތީ ޖޮކޮވިޗް އާއި ސްޕެއިންގެ ރަފައެލް ނަޑާލް އަތުގަ އެވެ.

ރޭ ކުޅުނު ފައިނަލުގައި ރޫޑް އަތުން ޖޮކޮވިޗް މޮޅުވީ 7-6 (7-1) 6-3 7-5 އިންނެވެ. ޖޮކޮވިޗްގެ މި ކާމިޔާބީއާ އެކު، އޭނާ އަށް އަލުން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރޭނެ އެވެ. ކުރިން ރޭންކިން އެއް ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން ސެމީ ފައިނަލުން ޖޮކޮވިޗް އަތުން ބަލިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް