ads
އަހްނާ
ކޮމަންވެލްތު ޔޫތު ގޭމްސްއަށްދާ އެތްލީޓުން އިއުލާންކޮށްފި
ޓްރިނަޑާޑް އެންޑް ޓޮބޭގޯ ގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވާ ދިވެހި ސްކޮޑް އިއުލާން ކޮށްފި އެވެ.
Advertisement

މިއަހަރުގެ އޮގަސްޓް 4-11 އަށް އޮންނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަކުރާނީ އިބްރާހިމް ނާހިލް ނިޒާރު، އަހްނާ ނިޒާރު އަދި ޒުއިޒް މުހައްމަދު ސައުދު އެވެ. މީގެ ތެރެއިން އަހްނާ އާއި ޒުއިޒް ވަނީ އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި މިއަހަރު އޮތް ފަސް ވަނަ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަ ކޮށްފަ އެވެ. އަދި ނާހިލް ވަނީ މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް ގައުމީ ލޯންގް ޖަމްޕުގެ ރެކޯޑް ހަދައިފަ އެވެ.

މި ފަހަރު ރާއްޖޭން ޔޫތު ކޮމަންވެލްތު ގޭމްސްގައި މި ވާދަކުރަނީ މެދު ކެނޑުމަކަށް ފަހުއެވެ. ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވުން މެދު ކެނޑުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް