ads
އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބަރްލުސްކޯނީ
އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ
އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބަރްލުސްކޯނީ އަވަހާރަވެއްޖެއެވެ.

ބަރްލުސްކޯނީ އަވަހާރަވީއިރު އުމުރުފުޅަކީ 86 އަހަރެވެ. އޭނާ އަވަހާރަވީ ލުކީމިޔާ އަދި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯދައްވަމުން ގެންދަވަނިކޮށެވެ.

ބަރްލުސްކޯނީއަކީ އިޓަލީވިލާތުގައި ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ގިނަ ދުވަހު އަދާކުރެއްވި ބޭފުޅާއެވެ. ބަރްލުސްކޯނީ ވަނީ ބޮޑުވަޒީރުކަމުގެ މަގާމު ހަތަރު ދައުރު ފުރިހަމަ ކުރައްވާފައެވެ. 

އެއީ 1994 އިން 1995 އަށް، އަދި 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް، އަދި 2005 އިން 2006 އަށް އަދި 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް