ads
އާޝާ ޝެއާކޮށްފައިވާ ފޮޓޯއެއް
އާޝާ މި އިންތިޒާރުކުރަނީ ކޮން ތޫފާނަކަށް ބާ؟
މަޝްހޫރު ފިލްމީތަރި އާމިނަތް ރަޝްފާ (އާޝާ) އޭނާގެ ސޯޝަލް މީޑިއާގައި ކައުންޓު ޑައުންއެއް ޖައްސައިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ.

އޭނާގެ ޕޯސްޓަރުތަކުގައި ލިޔެފައިވަނީ "ތޫފާނީ އިޝްގު" މިހެނެވެ. 

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާޝާ ދުވަސް ގުނަމުން އަންނައިރު "ތޫފާނީ އިޝްގު" އަކީ ކޯއްޗެއްތޯ ސުވާލުކުރުމުން ވެސް އާޝާ އެކަމަކަށް ޖަވާބެއް ނުދެއެވެ. ބެލެވޭ ގޮތުގައި އާޝާ ބޭނުންވަނީ އެބުނާ "ތޫފާނެއް" އައުމުން އެއީ ކޯއްޗެއްކަން އެނގޭށެވެ.

ނަމަވެސް އޭނާގެ ބައެއް ޕޯސްޓަރުތަކުން ފެންނަގޮތުން އެއީ ކޮންމެވެސް ފިލްމެއްގެ ތީމް ލަވައެކެވެ. އަދި އެއީ މިހާރު އާޝާ ޝޫޓު ކުރަމުން އަންނަ "މިއީ އިޝްގު" ގެ ލަވައެއްކަމަށް ބެލެވެއެވެ. އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިއުންތެރިއާ އަޝްފާއެވެ. އަދި މެލެޑީއާއި ލީރިކްސް ހަދާފައިވަނީ ތޭރަވާ އެވެ. މިއުޒިކް ހެދީ ބާޗީއެވެ. 

"މިއީ އިޝްގު" ފިލްމުގެ ލީޑު ރޯލުން ފެންނަނީ އާޝާ އަދި ޝަރަފް އަބްދުﷲ އެވެ. އެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މޭ މަހުއެވެ.

ހޯމަ ދުވަހު އާޝާ އެނާގެ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ލަވައިގެ ކުޑަ ޓީޒާއެއްވެސް ވަނީ ދައްކާލާފައެވެ. އޭގެން ފެނެންނަީ އޮރިއެންޓަލް ހެދުމެއްގައި ހުރު އާޝާއާއެކު ކުދިންކޮޅެއް 'ބެލި ޑާންސް ކުރާ' މަންޒަރެވެ. 

your imageއާޝާ ޝެއާކޮށްފައިވާ ފޮޓޯއެއް

"ތޫފާނީ އިޝްގު" މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާނެކަމަށް އާޝާ ބުނެއެވެ. އާޝާގެ ފޭނުން ތިބީ "ތޫފާނީ އިޝްގަށް" ކެތްމަދުވެފައެވެ. 

އާޝާ އެންމެ ފަހުން ފެނިފައިވަނީ "ބީވީމާ" އިންނެވެ. އެ ފިލްމުގައި އޭނާ ދައްކާފައިވާ މޮޅު އެކްޓިންއަށް ގިނަބައެއްގެ ތައުރީފު އޮހުނެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް