ads
އަބްދުލް މުހުސިން....
ފުރަތަމަ ތަދުވީ ބަނޑަށް، ދެން ކެންސަރު ބަލި!
ދުނިޔެ ހިނގާގޮތް ނިކަން ވިސްނާލަ ބަލާށެވެ. އެއްބައިމީހުންނަށް އުފަލެވެ. އަނެއްބައިމީހުންނަށް ނިކަމެތި ކަމެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ ހިތާމަތަކުން އަރައިގަނެވި އަރާމާއި އުފަލާއި ހިތްހަމަޖެހުމެވެ. ކަންމިހެން އޮތް ނަމަވެސް "ތޮށަލިދުޅަ" އަކަށް ހިނގާ މި ދުނުޔޭގެ ދިރިއުޅުމުގައި އަޑިގުޑަން އެތައް ކަންތައްތަކާއި ކުރިމަތިލާންވެސް ޖެހެއެވެ.

އެގޮތުން އިންސާނުންނަށް ކުރިމަތިވާ ބަލިމަޑުކަމަކީވެސް އޭގެޒާތުގައި ހަމަ އެފަދަ ކަންތައްތަކެވެ. މިފަދަ ބަލިތަކުން އަރައިގަތުމަށް އޮތީ ޝިފާ ހޯދުމަށް ބޭސްފަރުވާ ކުރުންމަތީގައި ދެމުހުރެ، ﷲ ގެ ހަޒުރަތުގައި ދުއާ ދެންނެވުމެވެ.

މި ރިޕޯޓްގައި އަޅުގަނޑު މި ބަލާލަނީ ފުއްޕާމޭގެ 10 އިންސައްތައާއިއެކު ކެންސަރު ބަލީގެ ވޭނުގަ އުޅެމުންދާ ހއ. ހޯރަފުށި އަބުުދުލް މުހުސިނުގެ ހަޔާތުގެ ވާހަކަތަކަށެވެ. އަދި "ސީއެންއެމް" ގެ އެހީގެ ސެގްމެންޓްގެ ދަށުން އެފަރާތަށް އެހީތެރިކަމެއް ހޯދުމަށެވެ.

އުމުރުން 67 އަށް އަހަރުގައި އެތައްބައްޔަކަށް ހުށައެޅިފައިވާ މުހިސުނުގެ ހަޔާތަށް އައި ބަދަލުތަކަށް ބަލާލަމާ ހިނގާށެވެ.

your imageމުހުސިނުގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް.....

މުހުސިނުގެ އަންހެނުން ޒަކިއްޔާ ހުސެއިން "ސީއެންއެމް" އަށް މުހުސިނުގެ ބަލީގެ ހާލަތު ކިޔައިދެމުން ބުނީ އޭނާގެ އެއްލޮލުން ނުފެންނަ ކަމަށާއި، އެއްކިޑްނީ މިހާރު ނަގާފައިވުމުގެ އިތުރުން ކެންސަރުގެ ބައްޔާއި ހަނގުރާމަ ކުރަމުންދާ ކަމަށެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމުގަވެސް އެމީހަކީ ބުރަމަސައްކަތްތަކެއް ކުރާނެ މީހެކެވެ. އަމިއްލަ ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ހެދުމަށްޓަކައެވެ. އެގޮތުން މުހުސިނަކީވެސް އެފަދަމީހެކެވެ. ބުރަމަސަކަތްކުރި މަސްވެރިއެކެވެ. މަސްވެރިކަން ހުއްޓާލުމަށްފަހު މިހާރު 16 އަހަރު ވަނީ ވެފައެވެ.

އަދިވެސް މުހުސިނު އެދުވަސްތަށް ދެކެންބޭނުންވެއެވެ. ނަމަވެސް މުހުސިނުގެ ކުއްލި ހާލަތަށް ބަދަލުއަންނަން މެދުވެރުވީ ފުރަތަމަ ޖެހުނު ރޯގާއެއްގެ ސަބަބުން ކަމަށް ޒަކިއްޔާ ވަނީ ކިޔައިދީފައެވެ. 

"އޭރު އަހަރެން ހުރީ މާލޭގަ. ކުދިން ގުޅާފަ ބުނި ބައްޕަ އަށް ވަރަށްބޮޑުވަރުއެބަވެއޭ ރޯގާ ޖެހިގެން އަޑެއްވެސް ބޭރެއް ނުވެއޭ. އަވަހަށް މަންމަ އަންނާށޭ. ކެއްސަނީއޭ ހަމަ." ޒަކިއްޔާ

ރަށަށްގޮސް އަވަހަށް ދިއްދޫ އަށް ފުރައިގެ ދިޔަކަމަށާއި ދިއްދޫ ހޮސްޕިޓަލަށް މުހުސިނު ދެއްކުން މާލެ ދިއުމަށް ބުނި ކަމަށް ޒަކިއްޔާ ބުންޏެވެ. މާލެ އައިސް އޭޑިކޭ އަށް ދެއްކުމުން މުހުސިނުގެ ބައްޔަކީ ފުއްޕާމޭގެ މައްސަލަ އެއްކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށާއި، އެހާ ހިސާބުން ބޭސް ދިނުމަށްފަހު ދޫކޮށްލީކަމަށް ވެސް ޒަކިއްޔާ ބުންޏެވެ. އަދި އޭގެ މާކަ ގިނަދުވެއްނުވެ ބަނޑަށް ތަދުވާން ފެށި ކަމަށާއި، އެ ތަދާ އެކު އިތުރު ބައްޔަކަށް މުހުސިނު ހުށައެޅުނު ކަމަށެވެ. 

އޭރު ޒަކިއްޔާ އާއި މުުސިނު ތިބީ މާލޭގައި ކަމަށާއި، މާބޮޑަށް ބަނޑަށް ދަތުވާން ފެށުމުން ޑޮކްޓަރަށް ދެއްކުމުން މުހުސިނުގެ ހަށިގަނޑުން ޕްރޮޓިން ލީކްވަމުންދާތީ އިންޑިޔާ އަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށާއި، އިންޔާގެ އަމްރިތާ ހޮސްޕިޓަށް ދެއްކުމުން އެނގުނީ މުހުސިނުގެ ކިޑްނީގައި ޓިއުމްރެއް އުފެދެމުން އަންނަ ކަމަށެވެ. އެ ޓިއުމަރު ބޮޑުވެ ގާތްގަޑަކަށް 8 އިންޗިވަރުވެފައިވާ ކަމަށާއި، އެހާ ހިސާބުން ޑޮކްޓަރުގެ ލާފާގެ މަތިން އޮޕަރޭޝަން ކޮށް ޓިއުމަރު ނެގިކަމަށެވެ.

"ޓިއުމަރު ނެގުމުން އެގުނީ ޓީއުމަރު ހުރި ސަރަހައްދުގައި ހުރީ ކެންސަރު ވެސް ޖެހިފައިކަމަށް. އެހާ ހިސާބުން މިދަނީ ކެންސަރަށް ފަރުވާ ކުރަމުން. ކޮންމެ ކޮންމެ އެއްޗެއް ނުކެވޭ. ތަރުކާރީއާއި މޭވާ ކާން ދޭން ޖެހެނީ. ކޮންމެ 20 ދުވަހަކުން 20 ދުވަހަކުން ކީމޯ ޖަހަން އަންނަން ޖެހޭ މާލެއަށް. " ޒަކިއްޔާ

އެ ބައްޔާއެކު ހަކުރާ ލެއާއި ކްލޮސްޓްރޯލާއި އެހެނިގެން އެތައްބައްޔަކަށްވެސް ހުށަޅިފައިވާކަމަށް ބުނެފައިވެއެވެ. މުހުސިނުގެ ހަކުރު ދަށްނުވެ 479 އަދި 500 އާއި، ހަމަޔަށް ހުންނަ ކަމަށްވެސް ޒަކިއްޔާ ބުންޏެވެ.

އަދި ހަކުރު ޓެސްޓްކުރާ މެޝިން ވެސް އަމިއްލައަށް ގަނެފައިވާ ކަމަށާއި، އެ އަށް ލައްވާ ކަށިވެސް ގެންނަން ހޭދަ ކުރަން ޖެހެއެވެ. މިހާރުވެސް އެންސްޕާގަވެސް އެ ހޯދަން އެދިފައިވާ ކަމަށާއި، މަސްދުވަސް ވެގެންދާއިރު އެ ވެސް ލިބިފައިނުވާކަމަށެވެ. 

 

your imageމުހުސިނު ހަކުރު މަތިވެފައިވާ ފޮޓޯ އެއް....

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުންދޭ ރުފިޔާ ލިބޭ ކަމަށާއި، ނަމަވެސް ބަލީގެ ހާލަތުން އެ ހުރިހާ ރުފިޔާއެއް ހަރަދުވަނީ މުހުސިނުގެ ބަލީގެ އެކި ކަންކަމަށް ކަމަށް، ޒަކިއްޔާ ބުންޏެވެ. އަދި މާލޭގައި އުޅެވޭނެ ގޮތެއްނެތުމުން ކީމޯ ދިނުމަށް މާލެ އަންނަން ޖެހެނީ ރަށުން ކަމަށާއި، އަންނަ ކޮންމެފަހަރަކު ފްލައިޓް ޓިކްޓަށް 1460 ރުފިޔާ އަރާ ކަމަށެވެ.

އެގޮތުން ކޮންމެ ކޮޅެއްގެ ޓިކެޓަށް ދައްކަންޖެހޭ އަދަދުން 2920 އަރާކަމަށާއި، އެހީތެރިޔާއި އެކު އޭގެ ދެ ގުނަ އަރާ ކަމަށެވެ. އަދި މާލޭގައި ހުރުމަށްވެސް ބޮޑު ހަރަދެއް ހިނގާކަމަށާއި، ތަންތަނުގައި ތިބެނީ ބޮޑު ކުށްޔަށް ކަމަށެވެ. އެދުވަސްތަކަށް ސަރުކާރުންދޭ 5000 ރުފިޔާގެ އިނާތުން އެކަންތައް ހަމަޖެއްސެނީ ކިރިޔާ ކަމަށްވެސް ޒަކިއްޔާ ބުންޏެވެ.

ޖުމްލަ ފަސްފަހަރު އެކިމީހުންގެ އެހީތެރިކަމާއެކު މިހާރުވެސް މުހުސިނު ގޮވައިގެން އިންޑިޔާ އަށް ދެވިއްޖެ ކަމަށާއި، އެންމެފަހުން އިންޑިޔާ އަށް ދިޔައީ މިދިޔަ މާރޗް މަހުގައި ކަމަށެވެ. 

"އިންޑިޔާ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރުބަލީގެ ޑޮކްޓަރު ވިދާޅުވި ބޭސް ފަރުވާ އަށް ހަމަސްފަހުން އަދި ދާންޖެހޭ ކަމަށް." ޒަކިއްޔާ

ނަމަވެސް ޒަކިއްޔާ ބުނީ ޒަކިއްޔާ ގޭގެ ކުރާ މަސައްކަތްކަތުން ހަމައެކަނި ބެލެހެއްޓެނީ ކެއިންބުއުމުގެ ކަންތައް އެކަނި ކަމަށާއި، ނަމަވެސް ޒަކިއްޔާ އަކީވެސް މިހާރު ބަލިމީހެއްކަމުން މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އެހެންކަމުން މުހުސިނަށް ލިބޭ ލާރިން އޭނަ ޑޮކްޓަރަށް ދެއްކުމަށްފަހު ރާއްޖެއިން ބޭރަށްގޮސް ތިބުގައި ހިނގާނެ ހަރަދަށް އިތުރަށް ރުފިޔާއެއް، ރައްކާކުރެވިފައި ނުހުންނަ ކަމަށް ޒަކިއްޔާ ބުންޏެވެ.

ގޭގެ ހާލަތު ވެސް އެހާ ދަށްކަމަށާއި، އުޅެންޖެހެނީ ވެސް 3 އާއިލާ އެއްކޮށް ކަމަށެވެ. އެހެންކަމުން ގޭތެރޭގައި އުޅުމުގައި ބަލިމީހަކަށް އެހާ ފަސޭހައެއް އެއްވެސް ނޫންކަމަށް ޒަކިއްޔާ ބުންޏެވެ. އަދި މުހުސިނަކީ އޮސިޖަން ފުޅި ބޭނުން ކުރާ މީހެއްކަމުން، ގޭތެރެެއިން ސާފު ވައިބޭނުންވާ ކަމަށާއި، ނަމަވެސް ގޭތެރެ ކުޑަކަމާއެކު ސާފުވައިވެސް ގޭތެރެއިން ލިބޭނެ ހާލަތެއްވެސް ނެތް ކަމަށެވެ.

your imageމުހުސިނު ދިރިއުޅޭ ގެ، ބޭރުން ފެންނަ ފޮޓޯއެއް....

އާސަންދަލިބޭ ކަމަށާއި އެހެންނަމަވެސް ދުރުގައުމަކަށްދާއިރު އެތަނުގައި ތިބުމުގައި ހޭދަވާނީ ކިހާދުވަހެއްކަމެއް ނޭނގޭ ކަމަށެވެ. އަދި ހަރަދުތައް ހިނގާނެ ކަމަކަށްވާތީ ތި އެންމެންގެ އެހީތެރިކަމެއްބޭނުންވާ ކަމަށް ޒަކިއްޔާ ބުންޏެވެ.

އެއް އިންސާނަކު އަނެއް އިންސާނާ ހާލުގައި ޖެހޭ ދުވަހަކު އެހީތެރިވެދޭށެވެ. މަދަދު ވެރިވާށެވެ. ހެޔޮހިތުން ދޭ އެއްވެސް އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު: ޒަކިއްޔާ ހުސެއިން: 7861404

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7730000138595 ( ޒަކިއްޔާ ހުސެއިން)

55%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް