ads
ނެހާ ދޫޕިއާ--
ރޯޑީސް ޝޯގައި ނެހާ ބުނި އެއްޗަކުން އާންމުން ރަތަށް!
އެމްޓީވީން ދައްކަމުން އަންނަ ޝޯ "ރޯޑީސް ރިވެލިއުޝަން"ގެ ގޭންގް ލީޑަރު ނެހާ ދޫޕިއާ، ޝޯގެ ކޮންޓެސްޓަކާ ދިމާލަށް ބުނި އެއްޗަކުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ކުރިމަތިވެއްޖެ އެވެ.

ފަހުގެ އެޕިސޯޑަކުން ފެނިގެންދަނީ ކޮންޓެސްޓަކު އައިސް، ރައްޓެހިވެގެން އުޅުން އަންހެން ކުއްޖާ، އޭނާއަށް ލަނޑުދިނުމުން އަންހެން ކުއްޖާގެ ގައިގާ އޭނާ ޖެހިކަމަށް ބުނެ އެވެ. މިހެން ބުނުމާއެކު ނެހާ ވަނީ އެއް ފަހަރާ ފަސް މީހުން ރައްޓެހިވުމަކީ އަންހެން ކުއްޖާގެ ޗޮއިސެއް ކަމަށާއި ގައިގާ ޖަހަން ނުޖެހޭ ކަމަށް ބުނެފަ އެވެ. 

ޝޯގައި ނެހާ މިހެން ބުނުމާއެކު ގިނަ ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ބުނީ އެފަދަ އަންހެނުންގެ ސަބަބުން ތެދުވެރި މީހުންނަށް ވެސް ލަދެއް ކަމަށެވެ. އޭގެ އިތުރުން ހަމަހަމަ ކަމުގެ ވާހަކަ ދައްކާފައި އެގޮތަށް ފިރިހެނުންނާ މެދު އަމަލުތައް ބެހެއްޓުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިފަހަކަށް އައިސް އެހާ ގިނައިން ފިލްމީ ދާއިރާގެ މަސައްކަތްތަކުން ނުފެނުންނަމަވެސް ނެހާ އާންމުންނަކަށް ނުގެއްލެ އެވެ. އޭނާ އަންނަނީ ޝޯއެއް ވެސް ހުށަހަޅަމުންނެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް