ads
ސިނަމާލެ ބްރިޖް
ހައިވޭގައި އެކްސިޑެންޓެއް ފެނުނު މީހަކު ހުރިތޯ ބަލަނީ
ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބަލަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މި އެކްސިޑޭްޓަކީ މިމަހުގެ ހަތް ވަނަ ދުވަހުގެ 14:54 އެހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓެއް ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓަކީ ސީޕްލޭން ޓާމިނަލާއި ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު ކާރު ފަހަތުން އޯވާޓޭކް ކުރި ވޭނެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެކެވެ.

ސައިކަލް ދުއްވަން އިން 19 އަހަރުގެ އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނަ ކަމަށާއި އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް