މިއީ ރައީސީ ދެކުނު އެމެރިކާގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސީ ވެނެޒުއެލާއާއި ކިޔުބާ އަދި ނިކަރާގުއާއަށް ވަޑައިގަންނަވާނެ އެވެ.
އީރާނުން ބުނީ ރައީސީގެ މި ދަތުރުފުޅުގެ ބޭނުމަކީ އެގައުމުތަކާއި ގުޅުން ބަދަހިކުރުން ކަމަށާއި ސިޔާސީ ގޮތުން އަދި އިގްތިސާދީގޮތުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން އެގައުމުތަކާއި މި ދަތުރުފުޅުގައި ރައީސީ މަޝްވަރާ ކުރައްވާނެކަމަށް އީރާނުން ބުނެއެވެ.
އީރާނަކީ އެމެރިކާއިން ދެކޭ އެގައުމުގެ އެންމެ އިސް އެއް ދުޝްމަނެވެ. އެހެންކަމުން އެމެރިކާއާއި ގުޅުން ބޮޑު ގައުމުތަކަށް ދަތުރު ކުރެއްވުމުގެ ފުރުސަތު އީރާނުގެ ރައީސުންނަށް ނުލިބެއެވެ.
ވެނެޒުއެލާއާއި ކިޔުބާ އަދި ނިކަރާގުއާ އަކީވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއަޅާ އެކަހެރިކޮށްފައިވާ ތިން ގައުމެވެ.