ads
ގްރޭޓާ ނޮއިޑާގެ ފްލެޓްތައް
ގްރޭޓާ ނޮއިޑާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން މުންޑާއި ނައިޓީލުން މަނާކޮށްފި
އިންޑިއާގެ ގްރޭޓާ ނޮއިޑާގައި ހުންނަ ރެޒިޑެންޓް ވެލްފެއާ އެސޯސިއޭޝަން (އާރުޑަބްލިއުއޭ) އިން އެ ސޮސައިޓީގެ ފްލެޓްތަކުގައި އުޅޭ މީހުން މުންޑާއި ނައިޓީލުން މަނާކޮށް ނޯޓިސް ދީފި އެވެ.
Advertisement

އެ ނޯޓިސްގައި ބުނެފައި ވަނީ މުޖުތަމާއި ނުގުޅޭ "ހެދުން އެޅުމުގެ ޝަކުވާ" އާރުޑަބްލިއުއޭ އަށް ބައެއް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެގޮތުން މުންޑާއި ނައިޓީ އަކީ "ރަނގަޅު ހެދުމެއް ކަމަށް ނުބެލެވޭ" ކަމަށާއި އެއީ އެހެން ރައްޔިތުންނަށް "އުނދަގުލެއް އުފެއްދިދާނެ ހެދުން" ކަމަށް ވަނީ ބުނެފައެވެ. 

މި ޖޫން މަހުގެ 10 ވަނަ ދުވަހު ނެރުނު އެ ނޯޓިސް އަށް ބައެއް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެ، އެއީ "ތަފާތުކުރުން" އަދި "ކޮންމެހެން ބޭނުން ނުވާ" ކަމެއްކަމަށް ވަނީ ބުނެފައެވެ ނޯޓިސް އަށް ފާޑުކިޔާ ބައެއް މީހުން ބުނެފައިވަނީ މުންޑާއި ނައިޓީ އަކީ އަރާމު އަދި މަސައްކަތްކުރަން ފަސޭހަ ސަގާފީ ހެދުމެއް ކަމަށެވެ. އަދި އެއީ މަނާކޮށްގެން ނުވާނެ އެއްޗެހި ކަމަށެވެ.

އާރުޑަބްލިއުއޭ އިން ވަނީ އެ ނިންމުން ދިފާއުކޮށް، މުޖުތަމައުގައި "ވަކި މިންގަނޑެއް" ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ވަކި ޖަމާއަތަކަށް ނުވަތަ ޖަމާއަތަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި، އެ ނޯޓިސް ހުރިހާ ރައްޔިތުންނަށް ވެސް އަމަލުކުރާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ނޮއިޑާ އޮތޯރިޓީން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެ އޮތޯރިޓީން ބުނެފައި ވަނީ އާރުޑަބްލިއުއޭ އިން ވަކި ޖަމާއަތަކާ މެދު ތަފާތުކުރުންތައް ހިންގާ ކަމަށް ފެނިއްޖެ ނަމަ އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އާރުޑަބްލިއުއޭ ހުންނަނީ ގްރޭޓާ ނޮއިޑާގެ ސެކްޓާ 137 ގައެވެ. އެ ނޯޓިސް ނެރެފައިވަނީ އާރުޑަބްލިއުއޭގެ ސެކްރެޓަރީ އެވެ.

އެ ނޯޓިސްގައި ސޮސައިޓީގެ 15 އިސްވެރިން ވަނީ ސޮއިކޮށްފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް