ads
ގުޅީފަޅު ކަސްޓަމަރުންނާ އެކު ވިނަރެސް އެގްރިމަންޓުތަކުގައި ސޮއިކުރަން ވަނީ ފަށާފައި - ފޮޓޯ:އާބަންކޯ
ގުޅީފަޅު ކަސްޓަމަރުންނާ އެކު ވިނަރެސް އެގްރިމަންޓުތަކުގައި ސޮއިކުރަން ފަށައިފި
ގުޅީފަޅު ކަސްޓަމަރުންނާ އެކު ވިނަރެސް އެގްރިމަންޓުތަކުގައި ސޮއިކުރަން ފަށައިފިއެވެ.

އާބަންކޯއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއިން ފްލެޓު ދޫކުރުމަށް އެގްރިމަންޓުތަކުގައި ސޮއިކުރަން ފަށާފައިވާ ކަމަށެވެ.

އާބަންކޯއިން ބުނެފައިވަނީ ވިނަރެސްއިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ކަމަށެވެ. އޭގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރިމަންޓުތަކުގައި ސޮއިކުރަން މިއަދު ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭއިރު ދުވާލަކު 25 އެގްރިމަންޓުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި ކަމުގައެވެ. އެގްރިމަންޓުތަކުގައި ސޮއިކުރުން ކުރިއަށް ދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލްގައި ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ ގުޅީފަޅު ކަސްޓަމަރުންގެ އެގްރިމަންޓުތަކުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެގްރިމަންޓުތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. 

އޭގެ އިތުރަށް އެންޑް ޔޫޒަ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސެލެކްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 128 ޔުނިޓެއް ވަނީ އެ ފަރާތްތަކުން ނަގާފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ އާންމުންނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސަ) މޮޑެލްއަށް ފައިސާ ދައްކާ ފަރާތްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހުތިޔާރުކުރުމުގެ މަރުހަލާ އަންނަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

your imageޖުލައި މަހުގެ ތެރޭގައި ވެރިފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނި ގޮތުގައި ވިނަރެސް ހައުސިން ޔުނިޓުތަކުގެ އެގްރިމަންޓުތަކުގައި ސޮއިކުރަން މިހާރު ފަށާފައިވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.  

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް