ads
ޖޭޕީން ބޭއްވި ޖަލްސާ: ފޮޓޯ، ސޯޝަލް މީޑިއާ
ޗާގޯސް މައްސަލާގައި ސްޓޭންޑް ބަދަލެއް ނުވޭ، ޖަލްސާއަށް ނުދާން ބުނުމަކީ އެހެންކަމެއް: ޖޭޕީ
ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި، އެ ސްޓޭންޑަކީ ރާއްޖެއިން ކޮޑި އިންޗިއެއްވެސް ނުދިނުންކަމަށް ޖޭޕީން ބުނެފިއެވެ.

މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލާގައި އިދިކޮޅު ހުރިހާ ފަރާތް ތަކުން ވަނީ ސަރުކާރުން އަމަލު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ އެއްގަލަކަށް އަރާފައެވެ. އަދި ދާދި ފަހުން އިމުގެ މައްސަލާގައި ސަރުކާރުން ކަންކުރި ގޮތާ ދެކޮޅަށް ވަނީ އާޓިފިޝަލް ބީޗުގައި ޖަލްސާ އެއްވެސް ބާއްވާފަ އެވެ.

އެހެންނަމަވެސް އެ ޖަލްސާގައި ޖުމްހޫރީ ޕާޓީން ބައިވެރި ވެފައި ނުވެއެވެ. އަދި އެ ޕާޓީގެ ލީޑަރު ވަނީ އެޖަލްސާއަށް ނުދިއުމަށް ވެސް އެޕާޓީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. 

މިކަމާ ގުޅޭގޮތުން ސީއެންއެމްއިން ސުވާލު ކުރުމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ އެޕާޓީގެ ސްޓޭންޑަކީ، އެމައްސަލާގައި ރާއްޖެއިން އެންމެ ކޮޑި އިންޗިއެއްވެސް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދޫކޮށްލަން ބޭނުން ނުވާކަން ކަމަށެވެ.

އެހެންނަމަވެސް އެކަމާ ގުޅޭގޮތުން އިދިކޮޅު ހުރިހާފަރާތްތައް ގުޅިގެން ބޭއްވި ބައްދަލު ވުމަށް އެޕާޓީން ނުދިޔައީ އަދި އެހެން ސަބަބު ތަކަކާ ހެދި ކަމަށް އެޕާޓީން ބުނެއެވެ.

"ދެން އެއްވުމަށް ދިއުން ނުދިއުން އެއީ މުޅީން އެހެން ސްޓްރެޓީޖިކް ކަމެއް. އެތަނަށް ދިއުމުން އަންނަ ކޮންސިކުއަންސަސްއަށް ވެސް ބަލާނެތާ." އަލީ އާރިފް

ޗާގޯސް މައްސަލާގައި ޖުމަހޫރީ ޕާޓީން ވަނީ 22 އޮގަސްޓް 2023 ގައި ނޫސްބަޔާން ނެރެ އެކަމުގައި އެޕާޓީގެ ވިސްނުން ހާމަ ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް