ads
ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ގާސިމް ސަރުކާރަށް: އަމިއްލަ މުދަލެކޭ ހިތައި ބޮޑުބޭބެ އެދުމަށް ދޫކޮށްނުލާކަން ސާބިތުކޮށްދީ!
ރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލާގައި ސަރުކާރުން ބައެއްގެ އެދުމަށް ފަސޭހަކަމާއިއެކު ދީލައި ނުލުމަށް ގޮވާލައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައްޑުއަތޮޅުގެ ދެކުނުން އޮންނަ މޮރީޝަސްގެ ސިޔާދަތުގެ ދަށުގައިވާ ޗާގޯސް އާކިޕެލާގޯގެ އާއި ރާއްޖެ އާއި ދެމެދުގައިވާ ކަނޑުގެ އިހުތިސޯސް ކަނޑައެޅުމުގެ މައްސަލަ މޮރިޝަސްއިން ގާނޫނާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 2019 ގައެވެ. 

މިމައްސަލާގެ އަޑުއެހުންތަކުގެ ފުރަތަމަ ބުރުގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، މޮރިޝަސްގެ ބޮޑުވަޒީރަށް އޮގަސްޓު މަސްތެރޭ ފޮނުއްވި ސިޓީފުޅެއްގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައެއް ކަމަށްވާއިރު، މިކަމުގައި ސަރުކާރު ދޫދީފައިވާކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އެގޮތުން މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރުގެ ކޯލިޝަންތެރޭ ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ބިން ނޫނަސް، ރާއްޖޭގެ ޖައްވާ ކަނޑުންވެސް ކޮޑި އިންޗިއެއްވެސް ގެއްލެން ދިވެހިން ނޭދޭ ކަމަށާއި، ރާއްޖޭގެ ކަނޑުގެ އިންވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުތަކުން ރާއްޖެ ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަދި ނެގެން އޮތް އެއްވެސް ފައިދާއެއް ދޫކޮށްލުމަކީ ދިވެހީންގެ ހުއްދަޔާއިނުލައި އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

“އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލް ރާއްޖެއަށް ކްލެއިމް ކުރެވޭނެ. ދިވެހިން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ ކަމެއް އިހުލާސްތެރިކަމާއިއެކު ކުރާތަން ފެނުން. ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް ”ބޮޑުބޭބެ“ ގެ އެދުމަށް ދޫކޮށްނުލާކަން ސާބިތުކޮށްދީ،“ ގާސިމްގެ ބަޔާނުގައި ވެއެވެ.

ގާސިމް ވިދާޅުވީ، ރާއްޖެ އާއި ޗާގޮސްގެ ފުށުއަރާއި ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި އޮތް ހަމައެކަނި ހައްލަކީ އިކުއިޑިސްޓޭންސް އުސޫލުކަމަށް ދެކި، ބަޔަކު ހަމައެދޭއިރަށް އެގޮތަށް ދީލާލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތުހުރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ. 

ސަބަބެއްގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ އިން ވަކިކުރަން ހުށަހެޅިފައިވަނީ، ރަންޒަމާނުންސުރެ ކަނޑުގެ ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ރާއްޖެއާއި މިދިޔަ ބައިގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އޮތް، އަދި މުސްތަގުބޮލުގައިވެސް އެފަދަ ތަނެއްގެ ގޮތުގައި އޮތުމުގެ ފުރުސަތު އޮތް(އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށްދޭން ހުށަހަޅާފައިވާ) ތަނަކާއިދެމެދު އޮތް ސަރަހައްދަކަށް ވުމެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް