ads
ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައި ޕާކިން ޒޯން
ޕާކިން މައްސަލަ ހައްލުނުވަނީ ސަރުކާރުން ހުރަސްއަޅާތީ: ޑރ މުއިއްޒު
މާލޭގައި ޕާކިން މައްސަލަ ހައްލު ނުވެގެން އުޅެނީ ޕާކިން ބިލްޑިންތައް ހެދުމަށް ސަރުކާރުން ހުރަސްއަޅަމުން ގެންދާތީ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއުއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުުއިއްޒު ވިދާޅުވީ މާލޭގައި ހަ ސަރަހައްދެއްގައި ޕާކިން ބިލްޑިންގް އެޅުމަށް ކައުންސިލުން ނިންމިކަމަށާއި ނަމަވެސް އެކަމަށް އެއްބާރުލުން ނުލިބި ސަރުކާރުން އެކަމަށް ހުރަސައްޅާފައިވާ ކަމަށެވެ.

މިހާރު މަގުމަތިން ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކަކީ ޕާކިން ބިލްޑިންގެ ތެރެއިން ޖާގަ ދިނުމަށް ނިންމާފައިވާ ސްލޮޓްތަކެއްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ހުރަސް ނާޅާ ޕާކިން ބިލްޑިން އެޅުމަށް ފުރުސަތު ދިން ނަމަ މިހާރު މާލޭގައި ހަ ޕާކިން ބިލްޑިންގް ހުންނާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފައި އޮންނަ ގޭގެ ކުރެހުމަށް ބެލުމެއްނެތި އަދި ކައުންސިލުން ދީފައި އޮންނަ އިމާރާތްކުރުމުގެ ހުއްދައަށް ބެލުމެއްނެތި އިކޮނޮމިކް މިނިސްޓްރީއިން ވިޔަފާރި ހުއްދަ ދޫކުރާކަަށާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީން ހިދުމަތް ދެމުން ގެންދާ ކަމަށެވެ.

އެކަންކަން އެހެން ކުރިއަށް ދާހާ ހިނދަކު އިމާރާތުގެ ކުރެހުމުގައި އޮންނަ ގަރާޖް އެހެންކަމަކަށް ބަދަލުކޮށްލާ ކޮށްލުން ނުހުއްޓުވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް