ads
އިސްމާއިލް ނަސީރު ދިރު ހުއްޓާ ވަޅުލައިފިއި އޮއްވާ ނަގަނީ
ލުބުނާނުގެ ދަނޑުވެރިއާ އިސްމާއިލް ނަސީރު ދިރު ހުއްޓާ ވަޅުލައިފި!
އިސް މާއިލް ނަސީރަކީ އިސްރާއީލުގެ ބުލްޑޯޒަރަކަށް ފުރައްސާރަކުރި ލުބުނާނުގެ ދަނޑުވެރިއެކެވެ.
Advertisement

އޭނާގެ ދަނޑު އިޒުރޭލުގެ ބުލްޑޯޒަރަކުން ހަލާކު ކުރަން އުޅުނު ދަނޑުވެރިޔާ އިސްމާއިލް ނާސިރު ބުލްޑޯޒާ ކުރިމަތީގައި ހުއްޓިފައި ހަރަކާތްތެރިވާން ދެކޮޅު ހެދިއެވެ.

ނަތީޖާއާއަކަށް ވީ އޭނާގެ ދަނޑުގެ ވެލިތަކާއެކު އެނާގެ ދިރިހުއްޓާ ވަޅުލުމެވެ. އެނާގެ އެއްބައި ވަޅުލެވިފައިވަނިކޮށް ބުލްޑޯޒަރު ހުއްޓުވީ އެ ސަރަހައްދުގައި ތިބި ޔޫއެންގެ ސުލްހަ ބަލަހައްޓާ ސިފައިންނެވެ.

އިސްމާއިލް ނަސީރުގެ މުޒާހަރާގައި އެންމެ ފަހުން އެ ރަށުގެ އެހެން މީހުން ވެސް ބައިވެރިވެ، ބުލްޑޯޒާ އަނބުރާ ދާން މަޖުބޫރުވި އެވެ.

މިހާދިސާ ހިނގާފައިވަނީ ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި އޮންނަ ކަފްރު ޝުބާ އަވަށުގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދުގައި ލުބުނާނުގެ ބިމަށް ތަކުރާރުކޮށް އަރައިގަންނަ ކަމަށް ތުހުމަތުކުރެވިފައެވެ. އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ލުބުނާނުގެ ސަރުކާރުން ވަނީ އެ ގަވާއިދާ ހިލާފުވުންތައް ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

އިސްރާއީލުގެ ބުލްޑޯޒަރުތައް ކުށްވެރިކުރުމަށާއި، އެރަށުގެ ބިން ހިމާޔަތްކުރުމަށް ލުބުނާނުގެ ސަރުކާރުން ފިޔަވަޅު އެޅުމަށް އެދި ހުކުރު ދުވަހު ކަފްރު ޝޫބާގައި މުޒާހަރާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

މިހާދިސާ ހިނގީ ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި ގިނަ އަހަރުތަކެއް ވަންދެން ޓެންޝަން އުފެދިފައިވާ ސަރަހައްދެވެ.

27%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
41%
ވަރަށް ސަލާމް
ކޮމެންޓްސް