ads
އެޗްއާރުސީއެމްއަށް ވަޑައިގެންނެވި އިދިކޮޅު ބޭފުޅުން
މެމްބަރުންނާއި ބައްދަލު ނުވީ އިދިކޮޅު ގަޑިޖެހިގެން ދިއުމުން: އެޗްއާރުސީއެމް
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ބޭފުޅުންނާ އެޗްއާރުސީއެމްގެ މެމްބަރުންނާ މިއަދު ބައްދަލު ނުވީ އެޕޮއިންޓްމަންޓް ދީފައިވާ ގަޑިއަށް ވުރެ އެތައް އިރެއް ފަހުން އެބޭފުޅުން ބައްދަލުކުރުމަށް ވަޑައިގެންނެވުމުން ކަމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އިން ބުނެފިއެވެ.

މިއަދު އިދިކޮޅުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރުމަށް މެންދުރުފަހު 12:45 އަށް ގޮސް ފަސް ގަޑިއިރު ވީއިރުވެސް އެޗްއާރުސީއެމްގެ އެއްވެސް މެމްބަރަކު އެ ބޭފުޅުންނާ ބައްދަލުނުކުރެއްވި ކަމަށެވެ. އަދި ފުލުހުން ފަހުން އެތަނުގެ ދޮރު ބަންދުކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން ސިޓީއަކުން އިއްޔެ އެދިފައި ވާތީ މާދަމާ ނުވަތަ އަންނަ ހަފުތާއަށް އެ ބައްދަލުވުން ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން ހުށަހެޅި ކަމަށެވެ. 

ނަމަވެސް، ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބާއްވައިިދޭން އިދިކޮޅުން އެދުމުން މިއަދު ހެނދުނު 11:15 އަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިން ކަމަށާއި ނަމަވެސް އެޕޮއިންޓްމަންޓް ދިން ވަގުތަށް އެބޭފުޅުން ވަޑައި ނުގެން އެތައް އިރެއް ވީއިރުވެސް ވަޑައިގެންފައި ނުވާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ބައްދަލުވުން މާދަމާގެ ހެނދުނު 9:00 އަށް ބަދަލުކޮށް އެކަން އަންގާފައިވަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން އައިން 12:45 އެހާއިރު އެޗްއާރުސީއެމްގެ އޮފީސް ތެރެއަށް ޕީޕީއެމް ޕީއެންސީގެ ބޭފުޅުން ވަދެގަތްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އަދި އެތަނުން ނިކުންނަން ދެކޮޅުހަދާ އަޑުގަދަކޮށް ހެދުމުން މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދި މުވައްޒަފުންގެ ރައްކާތެރިކަމަށް ކޮމިޝަނުގެ މަސައްކަތަށްވެސް ބުރޫއެރިކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް