ads
އެމެރިކާ ސިފައިން
އެމެރިކާ ސިފައިންގެ 248 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
އެމެރިކާ ސިފައިންގެ 248 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އެމެރިކާގެ އިންގިލާބުގެ ފަހުން "ޔޫއެސް އާމީ" ނުވަތަ އެމެރިކާ ސިފައިން ވަނީ އެ ގައުމުު ދިފާއުކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. 

އެމެރިކާ ސިފައިން ވަނީ ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގައިވެސް ހަނގުރާމަކޮށްފައެވެ. 

ދުނިޔޭގެ ތާރީހު ބައްޓަންކުރުމުގައި ބޮޑު ރޯލެއް އެމެރިކާ ސިފައިން ވަނީ އަދާކޮށްފައެވެ. 1775 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް އިން އުފެއްދި މި ސިފައިން ފޯސް ވަނީ އޭގެ ފަހުން އެމެރިކާގެ ދިފާއުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. 

މި ދުވަސް ފާހަގަކުރުމަށް އެމެރިކާގެ ސިފައިންގެ ހުރިހާ މަރުކަޒަކުން ވަނީ ޕެރޭޑުތަކާއި ރަސްމިއްޔާތުތައް ބާއްވާފައެެވެ. މި އިވެންޓްތަކުގައި މާޗިން ބޭންޑްތަކާއި، އަސްކަރީ ހަތިޔާރުތަކާ، ސިފައިންގެ އިސްވެރިންގެ ތަގުރީރުތައް ކުރިއަށް ގެންދިޔައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް