އިންސްޓަގުރާމު މެދުވެރިކޮށް ސޯނަމް އެފޮޓޯ ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކަށް އެފޮޓޯ ވަނީ ކަމުގޮސްފަ އެެވެ. އަދި ކުޑައިރު ވެސް ސޯނަމް ވަރަށް ލޯބި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސޯނަމް ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ބާގް މިލްކާ" އާއި "ނީރްޖާ" އާއި "ހޫބްސޫރަތު" އަދި "ސަންޖޫ" ހިމެނެ އެވެ.
ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ "ދަ ޒޯޔާ ފެކްޓާ" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.