ads
ކުޑަކުދިން ޕާކް - ފޮޓޯ / ސޯސަލް މީޑިއާ
މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފި
ކޮރޯނާ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ (މާލެ، ވިލިމާލެ، ހުޅުމާލެ) ހުރިހާ ޕާކުތަކާއި މައިޒާންތައް ބަންދުކުރަން ނިންމައިފި އެވެ.

އެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިންނެވެ.

މިކަން އަންގާ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުއްލި ނުރައްލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އެ ސީޓީގެ ބޭނުން ކުރަމުންދާ ޕާކުތައް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޖުމްހޫރީ މައިދާނާއި ސަލްޓަން ފާކް އަދި އެހެން މައިޒާންތާއި ޕާކުތަށް ވެސް ބަންދު ކުރެވިފައިވާ ކަމަށް ބުނެ އެވެ.

މި ތަންތަނަށް އާންމު ޒިޔާރާތްކުރުން ހުއްޓާލުމަށް އެދިފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. 

ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ވަނީ ހުޅުމާލޭގެ ހުރިހާ ޕާކެއް ވެސް ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން މިއަދުން ފެށިގެން ސެންޓްރަލް ޕާކް ހިމެނޭ ގޮތަށް ހުޅުމާލޭގެ ހުރިހައި ޕާކުތައް އާންމުންނަށް ބަންދުވާނެ ކަމަށް ބުންޏެވެ. 

ކޮންމެ ހަފުތާ ބަންދެއްގައި ވެސް ގިނަ ބަޔަކު މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކަށް އާއިލާއާއެކު ޒިޔާރާތް ކުރެ އެވެ. އެކަމަކު ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރަށް ބަލި ކޮންޓްރޯލްކުރުމަށްޓަކައި އިއްޔެ ހެލްތު މިނިސްޓަރު ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މިއީރާއްޖޭގެ ތާރީހުގައި ވެސް ސިއްހީ ކުއްލި ނުރައްކާ އިއުލާންކުރި ފުރަތަމަ ފަހަރެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް