
'އެސްޓީއޯ އީދުގެ އޮފާ 2023' ގެ ޕްރޮޑަކްޓްތައް ގަތުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ - ފޮޓޯ:އެސްޓީއޯ
އެސްޓީއޯ އީދު އޮފާ 2023 ފަށައިފި
މުހައްމަދު އަތީފް
15 ޖޫން 2023 - 22:26:40
އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 'އެސްޓީއޯ އީދު އޮފާ 2023' ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި އަހަރުވެސް އަގުހުރި އިނާމުތަކަކާ އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހުޅުމާލެ ފިހާރައިގެ އިތުރުން އެ ކުންފުނީގެ ރީޖަނަލް 10 ސަރަހައްދެއްގައި މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެެވެ.
އެ ކުންފުނިން ބުނި ގޮތުގައި 'އެސްޓީއޯ އީދުގެ އޮފާ 2023' ގެ ޕްރޮޑަކްޓްތައް ގަތުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމުގައެވެ.
'އެސްޓީއޯ އީދުގެ އޮފާ 2023' ގްރޭންޑް ޕްރައިޒް:
- އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް
- ދެވަނައަށް ހޮވޭ ފަރާތަކަށް އެލްޖީ ޑިޝްވޮޝަރެއް
- ތިންވަނައަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް އައިޓަމްސް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް