ads
ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު، ފޮޓޯ: ރައީސް އޮފީސް
ފައިވް ނޭޝަންސް ކަޕް: ބޫޓާން އަތުންވެސް ރާއްޖެ ބަލިވެއްޖެ
މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ނާކާމިޔާބު ވެއްޖެއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ރާއްޖެ ބައްދަލުކުރީ ބޫޓާނާއެވެ. މި މެޗު ބޫޓާނުން ކާމިޔާބުކުރީ 60-50 ންނެވެ. މެޗުގެ ކުއާޓާތައް ބޫޓާނުން ކާމިޔާބުކުރީ 15-07، 17-36، 29-47 އަދި 50-60 ންނެވެ. 

މުބާރާތުގައި ރާއްޖެ ޓީމުން އެންމެ ފުރަތަމަ ބައްދަލުކުރީ ބަނގްލަދޭޝާއެވެ. ރޭ ކުޅުނު އެމެޗުން ބަނގްލަދޭޝް މޮޅުވީ 52-42 ންނެވެ. 

ފަސް ގައުމުން ވާދަކުރާ މި މުބާރާތުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއަށްފަހު ސެމީ ފައިނަލުގައި ވާދަކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ. އެހެންކަމުން ކުރިއަށް އޮތް ދެމެޗުގައި ރަނގަޅު ނަތީޖާއެއް ނެރެގެން ސެމީގެ ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. 

ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

މުބާރާތުގައި މާދަމާރޭ 08:30 ގައި ރާއްޖެ ޓީމު ބައްދަލުކުރާނީ ޕާކިސްތާނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް