އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް އަމިއްލަ ފަރާތްތަކާއި ސަރުކާރުން ކުރާ އިތުބާރު ބޮޑުވެ، ލިބޭ ޕްރޮޖެކްޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައެވެ.
އެމްޓީސީސީގެ އާމްދަނީ އެއް ބިލިއަން ރުފިޔާ އާ ހަމައަށް ގެންދެވުނީ 40 އަހަރުގެ ތެރޭގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެއް ބިލިއަނުގެ އާމްދަނީ 2.4 ބިިލިއަނަށް ގެންދެވިފައިވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ އިތުރު އެއް ބިލިއަން ރުފިޔާ އާ ހަމައަށް އާމްދަނީ އިތުރުުކުރުމަށް ކަމަށެވެ. މި އަހަރު ނިމޭއިރު އެކަން ހާސިލުވާނެ ކަމުގެ އުންމީދު ބޮޑުކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ނަތީޖާތައް ދައްކާ ގޮތުން،
އެމްޓީސީސީން ބުނެފައިވަނީ މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ރިކޯޑުކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އާއި ހިންގުމުގެ ފައިދާ ހާސިލުކުރެވުނު އަހަރު ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ތަރައްގީގެ އާ 65 މަޝްރޫއަކާ އެ ކުންފުނިން ހަވާލުވެ، 42 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ނިންމާފައިވާ ކަމުގައެވެ.