ads
އެޗްއާރުސީއެމް އިން ހިންގި ޕްރޮގްރާމެއްގެ ތެރެއިން
މީހަކު އެއްޗެއް ބުނާއިރަށް އަޅުގަނޑުމެންނަށް ރިއެކްޓެއް ނުކުރެވޭނެ: އެޗްއާރުސީއެމް
މީހަކު އެއްޗެއް ބުނާއިރަށް ނުވަތަ ނޫހެއްގައި އެއްޗެއް ލިޔާއިރަށް އެ ކޮމިޝަނުން އެކަމާ ގުޅިގެން "ރިއެކްޓެއް" ނުކުރާނެ ކަމަށާއި ފުރަތަމަ ކަމަކަށް، އެކަމެއް ހިނގާ ދިޔަ ގޮތެއް ބަލާނީ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ގިނަ ވަގުތުތަކެއް ހޭދަވުމާ ގުޅިގެން ޕީޕީއެމްއާއި އެކޮމިޝަނާ ދެމެދު ހިނގި ކަންކަމާ ގުޅޭ ގޮތުން ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ ކަމެއް ހިނގިކަން އެކޮމިޝަނަށް އެނގުމާއެކު އެކަމެއްގެ ހަގީގަތް ބަލަމުން ގެންދާ ކަމަށެވެ. އަދި އެ ހަގީގަތްތައް ހިމެނޭ މައުލޫމާތަށް ބިނާކޮށްގެން ނޫނީ ބަޔާނެއް ނެރުން ނުވަތަ ފިޔަވަޅެއް އެޅުންފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީނުގެ މައްސަލައިގައިވެސް އެކޮމިޝަނުގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، އެހެންނަމަވެސް އެކޮމިޝަނުގެ ދައުރު އަދާ ކުރުމަށް އެކަން ހިނގާދިޔަ ގޮތް ބެލުމަށްޓަކައި ވަގުތުވެސް ބޭނުންވާކަމަށް އެކޮމިޝަނުން ބުނެއެވެ.

މިހާރު ރައީސް ޔާމީންގެ ކޭސްގަވެސް އަޅުގަނޑުމެން ވަރަށް ކޮންސާނިން. 13 ގަޑިއިރާއި 8 މިނިޓޭ (ޕީޕީއެމްއިން ބައްދަލުކުރެއްވި) އެބޭފުޅުން ވިދާޅުވީ، އެޓް އަ ސްޓްރެޗް ގެންދެވިއޭ އެބޭފުޅުން ވިދާޅުވީ، އެކަމް އަޅުގަނޑުމެން ޖެހޭނީ ބަލަން، ބަލާފަތާ އަޅުގަނޑުމެންނަށް ފެކްޗުއަލީ ބޭސްޑް އެއްޗެއް ބުނެވޭނީ، އަޅުގަނޑުމެންނަށް މީހަކު އައިސް ދައްކާހާ ވާހަކައަކަށް ރިއެކްޓެއް ނުކުރެވޭނެ ދެއްތޯ، އަނެއްކާ ނޫހެއްގަ ޖަހާ އެއްޗަކަށްވެސް އަޅުގަނޑުމެންނަކަށް ރިއެކްޓެއް ނުކުރެވޭނެ، އެކަމަކު ނޫހުގަ އެވާހަކަ ޖެހި ހިސާބުން އަޅުގަނޑުމެން ބަލަން ފަށައިފިން- މުނާ

މުނާ ވިދާޅުވީ އެކަމާ ގުޅިގެން އެޗެއް ދަންނަވަން އެނގޭނީ މައުލޫމާތުތައް އެއްކޮށްގެން ކަމަށާއި އަދި އެމައުލޫމާތު އެއްކުރަން ވަގުތުވެސް ނަގާނެ ކަމަށެވެ.

މައުލޫމާތު އެއްކުރަން ވަގުތު ކޮޅެއްވެސް ނަގާނެ ދެއްތޯ- މުނާ

ރައީސް ޔާމީނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ހުރި މުއްއަސަސާތަކުން އަމަލު ކުރި ގޮތަކުން ހައްގެއް ގެއްލިފައިވޭތޯ ބެލުން ކަމަށެވެ. އެހެންވެ، އެންމެ ފުރަތަމަ އެކަމާ ގުޅޭ ޕްރައިމަރީ އޮތޯރިޓީން ކުރީ ކޮންކަމެއްތޯ އެކޮމިޝަނުން ބަލަން ޖެހޭ ކަމަށެވެ.

your imageއިންސާނީ ހައްގުތަކުގެ ދުވަހާ ގުޅޭ ޕެނަލް ޑިސްކަޝަންގެ ތެރެއިން

ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މިސާލެއް ދައްކަވަމުން މުނާ ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތައް އާންމުން ވިސްނަނީ އެހެން ގޮތަކަށް ކަމަށެވެ. 

މިސާލަކަށް ޑޮމެސްޓިކް ވަޔަލެންސް ކޭސްއެއްގަ ފުރަތަމަ އެޓެންޑް ކުރާނީ ޖެންޑަ މިނިސްޓްރީއާ ޕޮލިސްއާ އިންގޭތޯ، އަޅުގަނޑުމެންނަކީ އެކަމުގެ ޕްރައިމްރީ އޮތޯރިޓީއެއްނޫން، އެކަން ބެލުމުގެ މެންޑޭޓް އޮންނަ ފަރާތްތަކުން ނުބަލަނީސް އަޅުގަނޑުމެންނަކަށް ނޯންނާނެ އެއްވެސް ދައުރެއް އެކަމެއްގެ ތެރެއަށް ވަންނާކަށް، ހުއްޓުވާކަށް، އެކަހަލަ ކަންކަމެއް ނުކުރާނެ، އެކަމަކު ބޮޑު އިޝޫއަކަށް ވަންޏާ އަޅުގަނޑުމެން އެކަމެއް މޮނިޓަ ކުރާނެ - މުނާ

ރައީސް ޔާމީންގެ ޝަރީއަތް މެދު ނުކެނޑި ގިނަ ވަގުތުތަކެއް ހޭދަވެފައިވާތީ ޕީޕީއެމްއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލު ކޮށްފައެވެ. އަދި އެ ބައްދަލު ވުމަށްފަހު އެ ޕާޓީން ބުނެފައިވަނީ އެކޮމިޝަނުގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އިތުބާރު ނެތް ކަމަުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް