ads
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ސިންގަޕޫރު ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
Advertisement

ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއީ ރައީސްގެ އަމިއްލަ ދަތުރުފުޅަކަށް ރައީސް އޮފީހުން މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސް ސާލީހު ވާދަކުރައްވާއިރު އީދު ބަންދަށްފަހު ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސްގެ ކެމްޕެއިން ދަތުރުތައް ފެއްޓުމަށް ތައްޔާރު ވަމުންދާއިރު މި ދުވަސްކޮޅަކީ އެމްޑީޕީއާއި އެހެނިހެން ޕާޓީތަކާއި މައްސަލަ ހޫނެވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ކޮންމެދުވަހު ދަނީ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގަމުންނެވެ. 

ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ.

ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުސަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް