ads
ފަރި އައިލެންޑް ރިސޯޓު
ރާއްޖެއައި ފަތުރުވެރިޔާ ރޭޕް ކުރިކަމެއް ނޭގެ: ރިސޯޓު
ކ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ރޭޕް ކުރިމައްސަލަ މިމަހު ހަ ވަަނަ ދުވަހު ހުށަހަޅާފައިވާކަމަށް ފުލުހުން ބުނާއިރު، އެ ފަތުރުވެރިއާ ރޭޕް ކުރިކަން ނޭގެކަމަށް އެ ރޭޕްގެ އަމަލު ހިންގިކަމަށް ތުހުމަތުވާ ރިސޯޓުން ބުނެފިއެވެ.

ރިސޯޓުން މިހެން ބުނި ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ މީހުންގެ ސާމްޕަލް ނަގައި ސުވާލު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ. 

މި މައްސަލައިގައި އެނގިފައިވާ ބައެއް މައުލޫމާތު: 

  • މި ހާދިސާ ހިނގީ ކ. ފަރި އައިލެންޑު ރިސޯޓުގައި 
  • ރޭޕް ކޮށްފައިވާކަމަށް ތުހުމަތު ވަނީ ޗައިނާއިން ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއް
  • ރޭޕް ކުރިކަމަށް ތުހުމަތު ވަނީ އެ ރިސޯޓުގެ މުވައްޒަފެއް
  • ތުލުސްދޫގައި ހުންނަ މާލެއަތޮޅު ސިއްހީ މަރުކަޒަށް އެމީހާ ގެންގޮސް ފަރުވާ ދީފައިވޭ

މައުލޫމާތު ލިބިފައިވާގޮތުގައި މި އަމަލު ހިންގާފައިވަނީ އެ ރިސޯޓުގައި ފަތުރުވެރިއާއަށް ކަނޑައަޅާފައިވާ ބަޓުލަރެވެ. ނަމަވެސް އޭނާއާމެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. 

މި މައްސަލަ ވަނީ ފުލުހުންގެ އިތުރުން ރާއްޖޭގައި ހުންނަ ޗައިނާ އެންބަސީއަށް ވެސް ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް