ads
ފޮޓޯ ވިޒިޓް ފުވައްމުލައް: ފަތުރުވެރިއެއް ކޮޑަ ކިޅީގައި
ރާއްޖެ އައިސް ޗަކަ ގަނޑަށް އެރުން މޮޅު ކަމަކަށްވެއްޖެ
ކަނޑޫފާ ކުޅިތަކާއި އަދި އެނޫންވެސް ފާ ކުޅިތަކާއި ޗަކަ ކުޅިތަކަކީ އެއް އިރެއްގައި ގިނަ މީހުންނަށް ބިރުވެރި ނުވަތަ މާ ގަޔާނުވާ ތަންތަނެވެ. އަދި ފަތުރުވެރިން ވެސް ރާއްޖެއަންނަނީ ދޮންވެލި ގޮނޑުދޮއްތައް ދެކެން ކަމަށް ވެސް ހީވެފައި އޮވެއެވެ. ނަމަވެސް މިއީ އެއްކޮށް މުޅިން ރަނގަޅު ހީއެއް ނޫންކަން މިހާރު މި އަންނަނީ ޔަގީންވަމުންނެވެ.

ރާއްޖެއަށް ފަތުރުވެރިކަން އާލާވެ، ރާއްޖޭގެ ރަށްރަށުގައި ގެސްޓުހައުސްތައް އެޅުމާއެކު، ރަށްރަށުގައި ހުރި ޗަކަ ގަނޑުތަކަކީ ވެސް "ސުވަރުގެއެއް" ފަދަ ދިވެހިރާއްޖޭގެ މަޖާ އަދި ފައިދާ ހުރި ތަންތަންކަމަށް ވަނީ ވެފައެވެ. 

ފުވައްމުލަކުގައި އިހު ޒަމާނުއްސުރެ "ޗަކައިން ފެންވެރުމުގެ" ސަގާފަތެއް ގެންގުޅެއެވެ. އެގޮތުން އާއިލާއާއި ރަހުމަތްތެރިން އެންމެން ގޮސް ޗަކަގަނޑަކަށް އެރި މަޖާކޮށްހަދައެވެ. އެ ސިޓީން މިހާރު އަންނަނީ މިގޮތަށް ޗަކަގަނޑަށް އެރުމަކީ ވެސް "ތެރަޕީއެއްގެ ގޮތުގައި" ތައާރަފްކުރަމުންނެވެ. 

މިކަންކަން ވެފައިވަނީ ފަތުރުވެރިންނަށްވެސް ރަނގަޅު އަދި މަޖާ ތަޖުރިބާއަކަށެވެ. އެގޮތުން ފުވައްމުލަކުގެ ބައެއް ގެސްޓުހައުސްތަކުން މިހާރު "މަޑް ތެރަޕީ" ނަމުގައި ޗަކަގަނޑަށް އެރުމުންވެސް އަންނަނީ އިޝްތިހާރުކުރަމުންނެވެ. 

މިގޮތުން ކޮށްފައިވާ ބައެއް އިޝްތިހާރުތަކުން "މަޑް ތެރަޕީ" ނުވަތަ ޗަކަ ގަނޑަށް އެރުން އެއީ ހަނގަނޑު "އެކްސްފޯލިއޭޓް" ނުވަތަ މަރުވެފައިވާ ސެލްތައް ނައްތާލަން އެހީވެދޭ ކަމެއްކަމަށް ބުނެފައިވެއެވެ. 

ޗަކަ އަކީ އެއް ޒަމާނެއްގައި ހަޑި އެއްޗެއްގެ ގޮތުގައި ދެކުނު ނަމަވެސް، މިހާރު ޗަކައަކީ ވެސް ދިވެހިރާއްޖެއަށް ފައިސާ ވެއްދިދާނެ ވަސީލަތެއްކަން މި އަންނަނީ ހާމަވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް