ads
ތިނަދޫ ރޯހައުސްތަކުގެ ބިންގާ އެޅުން: 200 ރޯހައުސް ހަދަންވަނީ ނިންމާފައި ފޮޓޯ: ތިނަދޫ ކައުންސިލް
މުއްދަތު ހަމަވިއިރު ތިނަދޫން ދޫކުރާ 150 ގޯއްޗަށް ހާހަކަށްވުރެ ގިނަމީހުން ކުރިމަތިލައިފި
ގދ.ތިނަދޫން ދޫކުރާ 150 ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން ފޯމްލާފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.

"ކަންޑިޝަނަލް ގޯތީ"ގެ ނަމުގައި ވަކި ގަވާއިދެއް ހަދައި ދޫކުރަން ނިންމާފައިވާ ގޯތީގައި 5 އަހަރުތެރޭ ގެދޮރު އިމާރާތް ނުކުރާނަމަ އެ ގޯތިތައް ވަކި ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ ފޯމުލީ މީހުންގެ އަދަދު ހީކުރި ވަރަށްވުރެ ގިނަ ކަމަށެވެ. އެހެންކަމުން ފޯމްތައް ޗެކް ކުރުމަށް ވަގުތު ނަގާނެތީ ގޯތި ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ހުށަހެޅިފައިވާ ފޯމްތައް ޗެކްކޮށް ނިމުމުން އެމަސައްކަތް ކުރިއަށޤ ދާނެ ކަމަށެވެ.

މިހާރު ދަނީ އޮންލައިން ކޮށް ހުށަހަޅާފައި ހުރި ފޯމްތައް ކަލެކްޓް ކުރުމުގެ މަސައްކަތް. ގޯތި ދެވޭނެ ދުވަހެއް އަދި ބުނަން ދަތި- ސައުދު

ކަންޑިޝަނަލް ގޯތި ދޫކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާއިރު އެރަށުގައި ރޯހައުސް ހެދުމަށްޓަކައި ބިންގާ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ޖުމްލަ 200 ރޯ ހައުސް ދޫކުރުމަށް ނިންމާފައިވާއިރު ކައުންސިލުން ބުނީ ރޯ ހައުސް ތަކަށްވެސް ގިނަ އަދަދެއްގެ މީހުން ކުރިމަތިލާނެ ކަމަށް ބެލެވޭ ކަމަށެވެ.

ތިނަދޫން މިފަހަރު ދޫކުރާ ގޯތިތަކަށް އެރަށުން ބޭރު މީހުން ވެސް ގިނަ އަދަދަކަށް ވަނީ ކުރިމަތިލާފައެވެ. ކައުންސިލުން ބުނީ ތަފްސީލްތައް އެނގޭނީ ޗެކްކޮށް ނިމުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް