ads
ކްރިމިނަލް ކޯޓު
ކަޓަރުން ބިރުދައްކައި ފޭރުނު އަންހެނަކު ޖަލަށްލާން ހުކުމްކޮށްފި
ގެސްޓްހައުސް އެއްގެ ތެރޭގައި ކަޓަރަކުން ފިރިހެނަކަށް ބިރު ދައްކައި ފޭރުނު އަންހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުުން މިއަދު ހުކުމްކޮށްފިއެވެ.

ގެސްޓްހައުސް އެއްގެ ތެރޭގައި ކަޓަރަކުން ފިރިހެނަކަށް ބިރު ދައްކައި ފޭރުނު އަންހެނަކު ކްރިމިނަލް ކޯޓުން ހުކުމް ކުރި މި ހާދިސާއަކީ 2015 ވަނަ އަހަރު މާލޭގައި ހިނގި ހާދިސާއެކެވެ. 

މި ހާދިސާގައި މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ އަންހެނަކުވަނީ ގެސްޓް ހައުސްއެއްގެ ތެރޭގައި ފިރިހެނެއްގެ މޭ މަތީ ކަޓަރު ޖައްސަައި ބިރު ދައްކައިގެން އެ ފިރިހެން މީހާގެ ފޯނާ ވޮލެޓް ފޭރިގަނެފައެވެ.

ވޮލެޓުގައި ހުރި ފައިސާވެސް ފޭރިގަތުމުގއ އިތުރުން ވޮލެޓުގައި އޮތް ފިރިހެން މީހާގެ ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާވެސް ނަގާފައިވާ މި ހާދިސާގެ މައްސަލައިގެ ހުކުމް ހުކުމް ކުރީ މިއަދުއެވެ.  

މި މައްސަލައިގެ ޝަރީއަތުގައި އަންހެން މީހާވަނީ ފޭރުނު ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން 2015 ވަނަ އަހަރުގެ މި ހާދިސާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. 

މި މައްސަލައިގައި އަންހެން މީހާގެ މައްޗަށް ކުށް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިނަމަވެސް، މައްސަލައާ ގުޅިގެން އަންހެން މީހާ ބަންދުގައި އެއަށްވުރެ ގިނަ ދުވަހު ހުރުމުން މައްސަލައިގައި އަންހެން މީހާ އިތުރަށް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމެއް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް