ads
އެއާޕޯޓުން ކާރު ގެއްލުނު މައްސަލާގައި އެންމެފަހުން ބަޔަކު ހައްޔަރުކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ބޭނުމަށް ގެނައި ކާރު ގެއްލުނު މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ބޭނުމަށް ގެނައި ކާރު ގެއްލުނު މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި މި ކާރު ގެއްލިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީންގެ ހުއްދަ ލިބިގެން ނޫނީ ނުވަދެވޭނެ ސަރަހައްދެއްގައި އޮއްވައެވެ. މިކާރު ގެއްލިގެން ހޯދަމުންދާތާ ހަފްތާއެއް ވާން ގާތްވެފައިވަނިކޮށް ކާރު ވަނީ ފެނިފައެވެ. އަދި މީގެ އެތައް ދުވަހެއް އިމިގްރޭޝަނުގެ ބޭނުމަށް ގެނަައި ތަނުން ގެއްލުނު ކާރެއްވެސް ވަނީ އެ ސަރަހައްދުން ފެނިފައެވެ. 

މި މައްސަލާގައި ބަޔަކު ހައްޔަރުކުރި ނަމަވެސް އެއީ ކޮން ބައެއްކަމެއް އަދި ކިތަށް މީހުންކަމެއް ފުލުހުން ނުބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް