ads
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް އައްޔަންކުރަން ކޮމެޓީން ރުހުން ދިން ހަސަން ޒަރީރު
ޓެކްސް ކޮމިޝަނަރު ކަމަށް ކޮމިޓީގެ ރުހުން ޒަރީރަށް
ޓެކްސް ކޮމިޝަނަރު ކަމަށް ކޮމިޓީގެ ރުހުން ޒަރީރަށް

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުކަމަށްް އައްޔަންކުރުމަށް ޒަރީރުގެ އިތުރުން ދެން ރައީސް މުއިއްޒު ފޮނުވާފައިވަނީ ފުރަތަމަ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުރި ޔަޒީދު މުހައްމަދާއި ޒަރީރުގެ ނަމެވެ. 

ކޮމެޓީން މިއަދު ވަނީ ވަކިވަކިން ދެ ބޭފުޅުންނަށް ވޯޓަށް އަހާފައެވެ. ކޮމިޝަނަރުކަމަށް ޒަރީރު އައްޔަންކުރަން ފެންނަކަމަށް ކޮމެޓީގެ 10 މެމްބަރުން ވޯޓް ދިނެވެ. ޔަޒީދު އެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ވޯޓް ދީނީ ހަތަރު މެމްބަރުންނެވެ. 

your imageޓެކްސް ކޮމިޝަނަރު އައްޔަން ކުރަން ރައީސް ފޮނުއްވި ޔަޒީދު މުހައްމަދާއި ޒަރީރުގެ

ކޮމިޝަނަރުކަމަށް އައްޔަންކުރަން ކޮމެޓިން ރުހުން ދިން ޒަރީރު ވަނީ ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ފަތުހު\ﷲ ޖަމީލް މިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. މަޖީލިހުގައި އިންތިހާބުގައި ފަތުހުﷲ އަށް ވާދަކުރި ދާއިރާ ކާމިޔާބުކުރެވިފައެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް