ads
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ވެލިދޫ އީދު އުފާ 1444 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން - ފޮޓޯ:ދިރާގު
'ވެލިދޫ އީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވެލިދޫ އީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަކަށްދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސޮއިކޮށްފިއެވެ.

ވެލިދޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އީދު ފެސްޓިވަލުގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ އީދުގެ ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އީދު ފެސްޓިވަލުގައި ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް ސައިކަލް ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށެވެ. މީގެ އިތުރުން އެ ފެސްޓިވަލުގައި ހަވާއެރުވުމާއި އީދު މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑިޓިއުން ބޭންޑާއި ބިދަބިން ބޮޑުބެރު ގްރޫޕުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ އީދު ފެސްޓިވަލް ފަދަ އިޖުތިމާއީ އިވެންޓުތަކަށް ދިރާގުން އަބަދުވެސް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެެ.

ބޮޑު އީދުގެ ހަރަކާތްތަކަކީ ސަގާފަތުގެ ވަރަށް މުހިންމު ބަޔަކަށްވާއިރު، އެފަދަ ކުލަގަދަ ހަފުލާއެއް މުޖުތަމައަށް ގެނެސްދިނުމަށް ދިރާގުން ދޭ އެހީތެރިކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަަމަށް އާތިފް ވިދާޅުވިއެވެ.

"މުޖުތަމައު ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ދާއިރާއެއް. އެގޮތުން 'ވެލިދޫ އީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ކުލަގަދަ އިވެންޓަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އީދަކީ ނ. ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފޯރިގަދަ އީދަކަށްވުން،" - ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން


ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާ ފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް