ads
ރާއްޖެއަށް މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯއިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި - ފޮޓޯ:އެސްޓީއޯ
މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ޕްރޮމޯޝަނެއް
ރާއްޖެއަށް މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މަކިޓާގެ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ.
Advertisement

މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ގަންނަ މަކިޓާ އުފެއްދުންތަކުން 40 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފުލާގައި އެ ޝޯރޫމުން ވަނީ ޖޫން 2022 އިން ފެށިގެން މެއި 2023 އަށް އެ ޝޯރޫމުން އެންމެ ގިނައިން ތަކެތި ގަނެފައިވާ ފަސް ފަރާތެއް ފާހަގަކޮށް، އެ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ދީފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

your imageމަކިޓާ ޝޯރޫމުން އެންމެ ގިނައިން ތަކެތި ގަނެފައިވާ ފަރާތްތަކަށް ވަނީ ހަދިޔާދީފައި - ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނި ގޮތުގައި މިއަދުން ފެށިގެން މަކިޓާ ޝޯރޫމުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހާއްސަ ހަދިޔާއެއް ދެމުންގެންދާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް