
ބައެއް ފަހަރު ވަރަށް ތަފާތުކޮށް ވެސް އައިޝްވާރިޔާ މޭކަޕް ކުރާ މަންޒަރު ފެނިގެންދެ އެވެ. އެގޮތުން މިއަދު ދައްކަން މިއުޅެނީ މީގެ ކުރިން އިވެންޓަކަށް އައިޝްވާރިޔާ ކޮށްފައިވާ މޭކަޕެއްގެ ވާހަކަ އެވެ.
މިއީ އޭނާ ކުރި މޭކަޕްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ފާޑުކި އެއް މޭކަޕެވެ. ގިނަ މީހުން ބުނަނީ އެއަށްވުރެ ރީތިކޮށް ކުޑަކުދިންނަށް ވެސް މޭކަޕް ކުރަން އެނގޭނެ ކަމަށެވެ. ދޮގެއް ނޫނެވެ. ލޯ މަތީގައި ކޮށްފައި ހުރި މޭކަޕް ހުރީ ވަރަށް ހުތުރު ކޮށެވެ. ހީވަނީ ނަމަކަށް މޭކަޕް ކޮށްފައި ހުރި ހެންނެވެ.
މަދުން ނަމަވެސް އައިޝްވާރިޔާގެ މޭކަޕަށް މީހުން މަލާމަތް ކުރި ނަމަވެސް ގިނަ ފަހަރު އޭނާ ކުރާ މޭކަޕު ގިނަ މީހުންނަށް ކަމުދެ އެވެ.
އައިޝްވާރިޔާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނެރުނު ފިލްމު "ފަންނޭ ހާން" އިންނެވެ. ރާޖްކުމާރް ރާއޯއާއެކު އައިޝްވާރިޔާ ފެނިގެންދިޔަ އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ.