ads
ކެޓްރީނާ އާއި ޕްރަބާސް--
ކެޓްރީނާ އާއި ޕްރަބާސް އެކުގައި މަސައްކަތް ކުރަނީ
ތެލުގޫ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ތަރި ޕްރަބާސް އާއި ކެޓްރީނާ ކައިފް އެކުގައި ފިލްމެއްގެ މަސައްކަތް ކުރަން އުޅޭކަމަށް ހަބަރުތައް ބުނެފި އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ނަގް އަޝްވިން ޑައިރެކްޓްކުރާ މި ފިލްމުގައި ޕްރަބާސްއާއެކު މަސައްކަތް ކުރާނީ މަޝްހޫރު ތަރި، ކެޓްރީނާ އެވެ. ކުރިން އަޑުތައް އެރިގޮތުގައި މި ފިލްމުގައި ޕްރަބާސްއާއެކު ފެނިގެންދާނީ ދީޕިކާ އެވެ.

ނަމަވެސް މިހާތަނަށް ޑައިރެކްޓަރުގެ އިތުރުން ކެޓްރީނާ ވެސް މިކަމުގައި ބަހެއް ނުބުނެ އެވެ. އެގޮތުން މިއީ 250 ކްރޯޑް ރު؛ޕީސް ހަރަދުކޮށްގެން ނެރޭ ފިލްމެއް ކަމަށް ވެސް ވެއެވެ. 

ފިލްމުގައި ޕްރަބާސް ފެނިގެންދާނީ "ސުޕަހީރޯ" އެއްގެ ގޮތުގަ އެވެ.

ޕްރަބާސް އެންމެ ފަހުން ފެނިގެން ދިޔައީ "ސާހޯ" އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބީއެއް ލިބެމުންއިރު އެއީ އޭނާ ހިންދީ ފިލްމެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

ކެޓްރީނާ އެންމެ ފަހުން ފުނުނީ ސަލްމާން ހާނާއެކު ބާރަތުންނެވެ. ނަމަވެސް މިމަހުގެ ތެރޭގައި އޭނާގެ ކުރިއަށް އޮތް ފިލްމު އަޅުވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މިހާރު ވަނީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ފިލްމު އަޅުވާ ތާރީހު ފަސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް