ads
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ދޮގެއް ނުހަދަން، އެއީ ހުސް ދޮގު: ފުއާދު ތައުފީގް
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ގުޅިވައިގެން، އެކޮމިޝަނުގެ ރައީސް އިތުރުފުޅު ހައްދަވާ ކަމަށް އެކޮމިޝަނުގެ ދެ މެމްބަރަކު ވިދާޅުވާ ވިދާޅުވުމަކީ ހުސް ދޮގުކަމަށާއި އިތުރުފުޅު ހެއްދެވުމަކީ ކުރައްވާ ކަމެއްނޫން ކަމަށާއި އަދި އިތުރުފުޅު ހައްދަވަން ނުވެސް ޖެހޭ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
Advertisement

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އީސީ ތެރެއިން އެޕާޓީ ވުޖޫދުވާން އުނދަގޫވާ ތަފާތު ކަންކަން އަންނަނީ ކުރިމަތި ވަމުން އަންނަ ކަމަށް ޑިމޮކްރޭޓްސްއިން ތުހުމަތު ކުރެއެވެ.

ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމާއެކު ސޮއިކޮށްފައިވާ ފޯމްތަކުގެ މައުލޫމާތު ލީކު ވެފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އޭގެ ފަހުން ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 މީހުންގެ ސައްހަ މައުލޫމާތު ސާފު ކުރެވިފައިވާ ކަމަށް އީސީން ބުނެފައި، ޕާޓީ އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ވަނީ އެކި ސަބަބުތައް ކުރިމަތި ކުރުވައި، އަދިވެސް ނުވެފައެވެ.

ޕާޓީއަށް ހުއްދަ ދިނުމުގެ ޖަލްސާބޭއްވުމަށް އީސީތެރޭގައި ދަ ޑިމޮކްރެޓްސް އަށް ފުވާދު ވަނީ މައުލޫމާތު ދެއްވާފައެވެ. އެހެންނަމަވެސް އެރޭ ފުއާދު ދެއްކެވި ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށް އެ ކޮމިޝަނުގެ މެންބަރު މުހައްމަދު އާސިފާއި، އަލީ ނަޝާތު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ކޮމިޝަނުގެ ރައީސް ފުއާދު ސީއެންއެމްއަށް ވިދާޅުވީ އިތުރުފުޅު ނަހައްދަވާ ކަމަށާއި އަދި އިތުރުފުޅު ހައްދަވަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ. 

އަޅުގަނޑަކީ ކަންކަން އޮންނަގޮތަށް ވަރަށް ޓްރާންސް ޕޭރެންޓްކޮށް ކަންކަން ގެންދަން ބޭނުންވާ މީހެއް. ދެން އެބޭފުޅުން އެކަމަށް އެއްބާރުލުން ނުދެއްވާ. ބޭނުންފުޅުވަނީ ވަންހަނާ ކުރައްވަން އިނގޭތޯ. އެކަމަކު މުއްސަސާއެއް ބަދުނާމު ވަމުންދާއިރު އަޅުގަނޑު ވަކި ހިސާބަކުން އެބަ ޖެހޭ އެކަމުގެ ހަގީގަތް ރައްޔިތުންނަށްވެސް އަދި އެކަމަކާ ގުޅުން ހުރިފަރާތަށްވެސް ދަންނަވަން. ދެން އަޅުގަނޑު ހަގީގަތް އެދަންނަވާ ދެންނެވުމަކީ އެބޭފުޅުން އެވިދާޅުވަނީ ދޮގެކޭ. އެއީ މިހާރު އެބޭފުޅުން ގޮތް ހުސްވެގެން ދައްކާ ވާހަކައެއް މިހާރު- ފުއާދު

ދަޑިމޮކްރެޓްސްއިން ވަނީ އީސީގެ ދެ މެންބަރުން ކަމަށް މުހައްމަދު އާސިފާއި، އަލީ ނަޝާތު އެ ޕާޓީ އުފެއްދުމުގެ މަސައްކަތަށް ހުރަސްއަޅުއްވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އީސީގެ ދެބޭފުޅުން އެ މައްސަލާގައި ވިދާޅުވަނީ އެއީ އީސީގެ ރައީސް ފުއާދު އެބޭފުޅުންނަށް ދޮގު މައުލޫމާތު ދެއްވުމުން ވީ ކަމެއް ކަމަށާއި، އެހެންވެ ފުއާދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭ ގޮތުން ފުއާދު ވިދާޅުވީ ޒިންމާ އަދާ ނުކުރައްވައި ޖަލްސާ ތަކަށް ވަޑައިނުގަންނަވަންޏާ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވާފައި ގޭގައި ތިއްބެވުން ކަމަށެވެ.

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ކޮމެންޓްސް