ފަސް ޓީމު ވާދަ ކުރި މި މުބާރާތުގައި މިރޭ ކުޅުނު ފައިނަލް މެޗު ބޫޓާނުން ކާމިޔާބުކޮށްފައި ވަނީ 62-60 އިންނެވެ. މެޗުގެ ކުއާޓާތައް ބޫޓާނުން ކާމިޔާބު ކުރީ 13،15، 31-21، 53-36 އަދި 62-60 އިންނެވެ. \
މި މުބާރާތުގައި ބޫޓާން ބަލިވެފައި ވަނީ ނޭޕާލްއާއެކު ކުޅުނު ލީގު ބުރުގެ މެޗަކުން އެކަންޏެވެ.
މުބާރާތުގައި ފުރަތަމަ ކުޅުނީ ލީގު ބުރެކެވެ. ސެމީ ފައިނަލުގައި ވާދަކުރީ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމެވެ.
ތަށި ހޯދުމުގެ ނިޔަތުގައި ރާއްޖެއިން މި މުބާރާތަށް ނުކުތް ނަމަވެސް މުބާރާތް ނިންމާލަން ޖެހިފައިވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ. ރާއްޖެއިން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.