ads
އައިޑީ ކާޑު——
އީދު ބަންދުގައި އެމަޖަންސީ ހާލަތުގައި އައީޑީކާޑު ހައްދާނެ ނަންބަރެއް އާންމުކޮށްފި
އަލްހާއީދު ބަންދުގައި އެމަޖަންސީ ހާލަތުގައި އައިޑީކާޑު ހައްދާނެ ނަންބަރެއް ޑިޕާޓު މަންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އާންމުކޮށްފިއެވެ.

އެ ނަންބަރަކީ 7280368 އެވެ. އެމަޖަންސީ ހާލަތުގައި އެ އިދާރަގެ ހޮޓްލައިންނަންބަރަށް ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން އައިޑީކާޑު ހެއްދޭނެކަމަށް އެ އިދާރާއިން ބުނެއެވެ. 

އީދު ބަންދުގެ ގޮތުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަސް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް ލިބޭއިރު އީދު ބަންދުގައި ގިނައަދަދެއްގެ މީހުން ރާއްޖޭހެ އެކި ކަންކޮޅުތަކަށް މި އަހަރު ވެސް އަންނަނީ ދަތުރުކުރަމުންނެވެ. 

ދާދިފަހުން އެ ޑިޕާޓުމަންޓުންވަނީ ކާޑު ހައްދާ އަދަން އަންނަ މީހުންގެ އަދަދު އިތުރުވުމުން ދުވާލަކަށް ހައްދާ ކާޑުގެ އަދަދުވެސް އިތުރުކޮށްފައެވެ. 

ޑީއެންއާރުން ބުނީ މި މޭމަހުން ފެށިގެން ކޮންމެ ދުވަހަކު 600 އައިޑީކާޑު ދޫކުރަމުން ގެންދާނެ ކަމަށެވެ. ކުރިން ދޫކުރަމުން ގެންދިޔައީ ދުވާލަކު 400 އައިޑީ ކާޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް