ads
ރާއްޖެ އާއި މެލޭޝިއާ އާ ދެމެދުގެ ބަޓިކް އެއާއިން ސީދާ ދަތުރުތައް ފެށުން - ފޮޓޯ:އެމްއޭސީއެލް
ރާއްޖެ އާއި މެލޭޝިއާ އާ ދެމެދުގެ ބަޓިކް އެއާއިން ސީދާ ދަތުރުތައް ފަށައިފި
މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާއިން ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
Advertisement

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އައި ބަޓިކް އެއާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓަ ސެލިއުޓަކުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެއެވެ.

އެމްއޭސީއެލުން ބުނީ ބަޓިކް އެއާއިން ރާއްޖެއަށް ކުރި މި ދަތުރުގައި 121 ފަސިންޖަރުން އައިސްފައިވާ ކަމަށެވެ.

ބަޓިކް އެއާގެ ފުރަތަމަ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބޭއްވި ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މާލެ އާ ކުއާލަލަމްޕޫރާ ދެމެދު ކުރާ ސީދާ ދަތުރުތައް ބަޓިކް އެއާއިން މިއަދު ފަށާފައިވާއިރު އެ އެއާލައިނުން ދަނީ މިދިޔަ މަހުން ފެށިގެން ރާއްޖޭން ސްރީލަންކާއަށް، އެއަށްފަހު މެލޭޝިއާއަށް ދަތުރުތައް ކުރަމުން ކަމުގައެވެ. އެމްއޭސީއެލުން ބުނީ އެ ދަތުރުތައް ކޮންމެ ދުވަހަކުވެސް ބަޓިކް އެއާއިން ކުރަމުން ދާނެ ކަމަށެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާއިން ބޭނުން ކުރާނީ ބޮއިންގް 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.

your imageރާއްޖެ އާއި މެލޭޝިއާ އާ ދެމެދުގެ ބަޓިކް އެއާއިން ސީދާ ދަތުރުތައް ފެށުން - ފޮޓޯ:އެމްއޭސީއެލް

މީގެ ކުރިން މަލިންޑޯއެއާގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއާލައިން ބަޓިކް އެއާއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެ އެއާލައިނުން ވަނީ ހާއްސަ ޕްރޮމޯޝަންތަކާ އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ބަޓިކް އެއާއިން މެލޭޝިއާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މި މަންޒިލްތަކުން ރާއްޖެއަށް ފަސޭހަކަމާ އެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއް ކަމަށެވެ.

ބަޓިކް އެއާގެ ދަތުރުތައް މިއަދު ފެށިއިރު، ސައުދީ އަރަބިއްޔާގެ ފްލައިނަސްއިން ވަނީ މިދިޔަ އަންގާރަ ދުވަހު ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ.

އެމްއޭސީއެލުން ބުނެފައިވަނީ ވާޖިން އެޓްލާންޓިކުން މި އަހަރުގެ ތެރޭގައި ވީއައިއޭއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް