ads
ސިޓީ އޮޕްޓިކަލުން އެކަނިވެރި މައިންގެ އާއިލާތަކަށް ނަމްބަރު އައިނެއް 1،275 ރުފިޔާއަށް ހެދޭ ޕެކޭޖެއް ތައާރަފުކުރުން - ފޮޓޯ:ސިޓީ އޮޕްޓިކަލްސް
ސިޓީ އޮޕްޓިކަލުން އެކަނިވެރި މައިންގެ އާއިލާތަކަށް ނަމްބަރު އައިނެއް 1،275 ރުފިޔާއަށް
ސިޓީ އޮޕްޓިކަލުން އެކަނިވެރި މައިންގެ އާއިލާތަކަށް ނަމްބަރު އައިނެއް 1،275 ރުފިޔާއަށް ހެދޭ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
Advertisement

ސިޓީ އޮޕްޓިކަލުން ބުނީ 'މަމްސް' ޕެކޭޖުގެ ނަމުގައި ޕެކޭޖެއް ތައާރަފުކޮށްފައިވަނީ ނަމްބަރު އައިނު ހެއްދުމުގައި އެކަނިވެރި މައިންގެ އާއިލާތަކަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. މިއީ މިފަދަ ޕްރޮޑަކްޓެއް ރާއްޖެއަށް ތައާރަފުކުރި ފުރަތަަމަ ފަހަރު ކަމަށް ސިޓީ އޮޕްޓިކަލުން ބުނެއެވެ.

ސިޓީ އޮޕްޓިކަލުން ބުނެފައިވަނީ މިއީ އައިނު އަޅަން ޖެހޭ މީހުންގެ 40 އިންސައްތަ އަދި އުމުރުން 40 އަހަރުން ދަށުގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަށް އައިނު ހައްދަން އެކަށޭނަ ޕެކޭޖެއް ކަމަށެވެ.

ސިޓީ އޮޕްޓިކަލުން ބުނި ގޮތުގައި ތައާރަފުކުރެވުނު ޕެކޭޖުން އެކަނިވެރި މައިންގެ އާއިލާއަކުން ސިންގަލް ވިޝަން އެއް އައިނު ހައްދާނަމަ ހަރަދު ވާނީ 1،275 ރުފިޔާ ކަމުގައެވެ. އާސަންދައިން ހައްދާ ނަމަ ހަރަދުވާނީ އެންމެ 275 ރުފިޔާ ކަމަށް ސިޓީ އޮޕްޓިކަލުން ބުނެއެވެ. ސިޓީ އޮޕްޓިކަލުން ބުނީ އެއްފަހަރާ އެއް އައިނަށްވުރެ ގިނަ އައިނު ހައްދާ ނަމަ، އިތުރަށް ހައްދާ އައިނަކަށް ދައްކާ ޖެހޭނީ 1،100 ރުފިޔާއަށް ކަމަށާއި އާސަންދައިން ނަމަ އެންމެ 100 ރުފިޔާއަށް ކަމަށެވެ.

އާސަންދައިން އައިނު ހެއްދުމަށް ހޮސްޕިޓަލެއްގެ ޕްރިސްކްރިޕްޝަން ބޭނުންވާނެ ކަމަށް ސިޓީ އޮޕްޓިކަލުން ބުނެއެވެ.

ސިޓީ އޮޕްޓިކަލުން ބުނެފައިވަނީ މި ޕެކޭޖުގެ ދަށުން އެކަނިވެރި މައިންގެ 18 އަހަރުން ދަށުގެ ކުދިންނަށް އައިނު ހެއްދޭނެ ކަމަށެވެ. އައިނުގެ އަގުގައި ފްރޭމާ ލެންސް ހިމެނޭ މި ޕެކޭޖުން 40 އަށް ވުރެ ގިނަ ސްޓައިލްގެ ޓްރެންޑިން ފްރޭމް ކަލެކްޝަނުން ބޭނުން ފްރޭމެއް ނެގޭނެ ކަމަށް ސިޓީ އޮޕްޓިކަލުން ބުނެއެވެ.

"މިހާރުގެ ލައިފް ސްޓައިލް ހުންނަގޮތުން ވަރަށް ގިނަ ކިޔަވާ ކުދިން ނަންބަރު އައިނު އަޅަން ޖެހޭނެ. އައިނު އަޅަން ޖެހޭ ކުއްޖަކު އައިނު ނާޅާ ނަމަ، ތައުލީމީ ގޮތުން އެކަށީގެންވާ ނަތީޖާ ހޯދަން ދަތިވާނެ. އަޅުގަނޑުމެން އެދެނީ އެކަނިވެރި މައިން މި ޕެކޭޖުގެ ފުރިހަމަ ބޭނުން ހިފާ، އައިނު އަޅަން ޖެހޭ ހުރިހާ ކުދިންނަށް އެކަން ލަސްނުކޮށް ފަހިކޮށްދިނުން،" - ސިޓީ އޮޕްޓިކަލްގެ ސީއީއޯ ފާތިމަތު ފިރުޝާނާ

މި ޕެކޭޖް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި މަމްސް އެއިޑްގެ އެޑްމިނިސްޓްރޭޓިވް ޑައިރެކްޓަރު ފާތިމަތު ފިއުރީން ވިދާޅުވެފައިވަނީ  ތަފާތު ހިދުމަތްދޭ އެހެން ފަރާތްތަކުންވެސް ސިޓީ އޮޕްޓިކަލް ނަމޫނާއަކަށް ބަލައިގެން އެކަނިވެެރި މައިންގެ އާއިލާތަކަށް މިފަދަ ލުއިތައް ހޯދައިދިނުމަކީ އެ އެންޖީއޯގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް