ads
ހދ. ނެއްލައިދޫ/ ބޯގަންވިލާ އިން ފުރިފަ.......
ނެއްލައިދޫ ބޯގަންވިލާއިން ޖަރީކޮށްލައިފި, އީދު ބަންދަށް ދާ ހިތްނުވޭތަ؟
މާމެލާމެލިން ޒީންތަތެރިވެފައިވާ ހދ. ނެއްލައިދޫގައި 200 އާއި ގާތްކުރާ އަދަދަށް ގެ ހުންނަ އިރު ކޮންމެ ގެއެގައިވެސް މާ ގަސްތައްވަނީ ހައްދާފައެވެ. އެއީ އެންމެ ކުރީއްސުރެ އެރަށުގެ މީހުން އެމީހުންގެ ހިންހަމަ ޖެހުމަކަށް ކުރަމުން އައިކަމެވެ. އެކަން އަދިވެސް ވަނީ އެރަށުގަ ހަރުލާފައެވެ. އާންމު ގޭތަކޭ އެއްގޮތަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ތަންތަނާއި މަގުމައްޗަށް ދާންދެންވެސް އެ ރަށުގައި އޮތީ ހުސް މަލެވެ.

މާ ތަކުން ފުރިގެންވާ ނެއްލައިދޫގެ އާބާދީ އަކީ 1400 އެއްހާ މީހުންނެވެ. ގާތްގަޑަށް 200 ގޭ އެރަށުގައި ހުންނަ އިރު ކޮންމެ ގެއެގެވެސް ޒީންތެރި ކަމަކީ އެ ގޭގެ މާ ބަގިޗާތަކެވެ.

އެރަށު ކައުންސިލް މެމްބަރު ފާތުމަތު މަމްދޫދާ ވިދާޅުވީ އެރަށަކީ މާބަގީޗާގެ ރަށެއް ކަމަށާއި، ބައެއް ގޭގެ ގޯތިތެރެ ފުރިގެން، ގެ ފާރުކައިރީގަވެސް މާ ބަގީޗާ ތައް ހައްދާފައިވާ ކަމަށެވެ.

your imageހދ. ނެއްލައިދޫ/ ގެއެއްގައި މާގަސް ހައްދާފައި

އެ ކަމަށް އެ ރަށު މީހުން ހުންނަ ޝައުގެއްގެ ބޮޑު ކަމުން މާގަސްތައް، ބޮޑު އަގުގައި ގަނެގެންވެސް ވަނީ ހައްދާފަ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން އެރަށުގައި ހައްދާފައިވަނީ މަލިކުރުވާ މަލާއި ސައިމާ ފަދަ ގަސްތަކެވެ. ނަމަވެސް މިހާރު އެރަށް އެންމެބޮޑަށް ޒީނަތްތެރި ވެފައިވަނީ ބޯގަންވިލާ ގަސް ތަކުންނެވެ.

މީގެ ކުރިގައި އެރަށުގައި ހެއްދި ޒާތުގެ ގަސްތައް އަދިވެސް އެރަށުގައި ހައްދައެވެ. ނަމަވެސް މުޅި ރަށުގައިވަނީ ބޯގަންވިލާ ވެޔޮގަނޑުން މާތައް ފުރިފައެވެ. ވިއްސާރަޔަށް މާތައް ފައިބައެވެ. ހޫނު މޫސުމަށް މާތައް ފޮޅެއެވެ. އެ މަންޒަރަކީވެސް އެރަށުގެ މީހުން ބަލަބަލާ ފޫހިނުވި މަންޒަރެއްކެވެ.

ގުތުރަތީ އެމަންޒަރަށް އެމީހުންވަނީ ހޭނިފައެެވެ. ނެއްލައިދޫގެ މަގުގެ ދެކޮޅުގައި ހުރެ ބަލާލުމުން ފެންނަނީ ހަމަ އަޖާއިބެއްފަދަ މަންޒަރެކެވެ. ކޮންމެ ގެއެގެ ވެސް އެވަރަށް މާހައްދާފައިވާ މަންޒަރެވެ. ފަސް ފޫޓަށްވުރެ އުސްކޮށް ރާނާފައިވާ ފާރުމަތިން ފެންނަނީ ކުލަކުލައިގެ މާ ބޮޑީގެ ރީތީ މަންޒަރުތަކެވެ.

ހާދަ ޗާލެވެ. ހާދަ ރީއްޗެެވެ. އެ މަންޒަރު ފެނުމުން އެހެން ނުބުނާނެ މިހަކު ނުހުންނާނެ ކަން ޔަގީނެވެ. ނެއްލައިދޫ ސިފަވަނީ މިދުނިޔެމަތީގެ މާ ބަގީޗާ ތަކުގެ ސުވަރުގެއެއް ފަދައިންނެވެ.

your imageހދ. ނެއްލައިދޫ/ ގެއެއްގައި މާގަސް ހައްދާފައި

ޝައުގުވެރިކާމާއެކު ނެއްލައިދޫގައި މާތައް ހައްދާ މީހަކު "ސީއެންއެމް" އަށް ބުނީ މީގެ ކުރިން މޭވާގެ ބާވަތްތަކާއި ތަފާތު ގަސްތައް އެރަށުގައި ހެއްދި ކަމަށާއި، ނަމަވެސް މީހާރު ހައްދަނީ ބޯގަންވިލާ ކަމަށެވެ. އެެއީ މާތައް ބޮޑެތިވެފައި ރީތި ގޮތެއް ހުންނާތީ ކަމަށެވެ. މިހާރު ގޭގައި ހުންނާނެ ރަށުގައި ހުރި ހުރިހާ ވައްތަރެއްގެ ގަހެއްވެސް އެމީހާ ބުންޏެވެ. ބޯގަންވިލާ ހައްދާތާ ފަސް އަހަރުވެދާނެ ކަމަށް ބުނެ އެމީހާ ބުނީ އެއީ ފޫހިމަކެއް ނެތް އުފަލެއް ކަމަށެވެ.

އެ ރަށުގައި ބޯގަންވިލާ ގެ، އަށެއް ނުވަތަ 10 ވައްތަރެއް ހުންނާނެ ކަމަށްބުނެ، އޭނަ ބުނީ ބޯގަންވިލާގެ ބޮޑި ވައްތަރާއި، ރޭންބޯގެ (ހުރިހާ ކުލައެއް) ހުންނަ ވައްތަރުވެސް އެރަށުގައި ހުންނަ ކަމަށެވެ. އަދި ފިޔާތޮއްޓާއި ހުދާއި ރީދޫ ކުލައިގެ އިތުރުން ހަތްކުލަ، އެއްގަހަކުން ނުކުންނަ ގަސްވެސް އެރަށުގައި ހުންނަ ކަމަށް ބުނެފައިވެއެވެ.

ބައެއްމީހުން ޕޮޓްތަކުގައި ގަސް ރީއްޗަށް ތިރިކޮށްވެސް ހައްދާ ކަމަށާއި، ނަމަވެސް އޭނަ ގަސް ހައްދަނީ ފާރު މަތިން ގަސް ފެންނަ ވަރަށް ކަމަށެވެ. އެެއީ ގެއަށް ލިބިގެންދާ ހާއްސަ ޒީނަތްތެރި ކަމެއްކަމަށްވެސް ބުނެފައިވެއެވެ. 

your imageހދ. ނެއްލައިދޫ/ މާގަސް ހައްދާފައި

ގަސްހެއްދުމަކީ ފަސޭހަ ކަމެއްނޫން ކަމަށާއި، ނަމަވެސް ހުންނަ ޝައުގެއްގެ ބޮޑު ކަމުން ގަސް ހައްދަނީ ރަށުން ބޭރުންނާއި މާލެއިން ބޭސް ގެނެސްގެން ކަމަށްވެސް ވަނީ ބުނެފައެވެ. އެރަށުގައި ގަސް ތަކަށްދޭ ކާނާ ވިއްކާ ބޭސްވިއްކާ ފިހާރައެއް ނުހުރެއެވެ.

ނަމަވެސް މާލެއިން ބޭސް ގަނެގެންވެސް ގަސްތައް ބަލަމުން ހައްދަމުން އެމީހުން ދަނީ ވަރަަށްވެސް ލޯބިންނެވެ. ގަހަކަށް ގެއްލުމެއް ލިބިއްޖިއްޔާ ވަރަށްވެސް ދެރަވެއެވެ. ހެނދުނު ހޭލާ ގޮތަށް ވަންނަނީ މާބަގީޗާ ތެރެއަށެވެ. އިރުއޮއްސެނީވެސް މާބަގީޗާ ތެރޭގައި ގަހަށް ފެންދިނުމާއި ގަސްތައް ސާފުކުރުމުގައި އުޅެނިކޮށް ކަމަށް އެމީހާ ބުންޏެވެ. 

މި ގޮތަށް ތަރުތީބުވެގެން ކުރާ މި ކަމަކީ ވަރަށް ހާއްސަ ޝައުގެއް ކަމަށް އެމީހާ ބުންޏެވެ. ދެ އިރަށް ގަސްތައް ބަލަމުން ގޭގެ ކަންތައް ކުރެވޭނީ ހަމަ ހިތްވަރުގަދަ މީހަކަށް ކަން ޔަގީނެވެ. އެރަށުގައި ގަސް ހައްދަނީ އަންހެންވެރިން ފިރިހެންވެރިންގެ އެހީތެރިކަމާއިއެކުގައެވެ.

އެއީ ގަސް ހެއްދުމަށް ބޭނުންވާ ކަޅުފަސް ރަށުން ނުލިބޭތީ އާއި އެހެނިހެން ކަންކަމުގައެވެ. ކަޅުފަސް ހޯދަންވެސް ޖެހޭނީ ކައިރި ފަޅު ރަށްރަށުންނެވެ.

ގަހަށް ލޯބި ޖެހިފައިވާ، އަދި ހާއްސަކޮށް މާމެލި ނުކުންނަށް ގަހަށް ލޯބި ޖެހިފައިވާ، ނެއްލައިދޫ އަންހެނުންގެ ކޮމިޓީ އާއި، ކައުންސިލުންވެސް ވަނީ އެކި ދުވަސްތަކުގެ މަތިން ރަށް ޒީނަތްރި ކުރުމަށް މާގަސްތައް ރަށުގެ އެކި ސަރަހައްދު ތަކުގައި ވެސް އިންދާފައެވެ. އަދި އެރަށުގެ ބޭރު މަގުގައި، ފެތިރޯނު ގަސްފަދަ ގަސްތައްވެސް އިންދާފައި ވެއެވެ. ރަށުގެ ވަލުތެރޭގައި ބަބުކެޔޮ ގަސްފަދަ މޭވާ ލިބޭ ގަސްތައްވެސް އިންދާފައިވާ ކަމަށް މަމްދޫދާ ވިދާޅުވިއެވެ.

ނެއްލައިދޫ ފެންނަނީ ފެހި ކަމާއި އެކު ކުލަކިލައިގެ މާތަކުން ޒީނަތްވެ ޖަރީވެފައިވާ ކުލަބޮކި ތަކެއްފަދައިނެވެ. ނެއްލައިދޫފަދަ ރަށްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަ ތިއްބެވެ. ނަމަވެސް ނެއްލައިދޫ ފާހަގަ ވެގެންދަނީ މާތަކާއި އެކު ޒީނަތްތެރިވެފައިވާ މުޅިން ތަފާތު ރަށެއްގެ ގޮތުގައެވެ.

your imageހދ. ނެއްލައިދޫ/ މާގަސް ހައްދާފައި

މަމްދޫދާ ވިދާޅުވީ ރަށުގެ ބަނދަރުވެސް މާގަސްތަކުން ޒީނަތްތެރި ކޮށްފައިވާ ކަމަށާއި، އާރުޓީއެލް ފެރީ ބަދަރު ސަރައްހައްދުވެސް ވަނީ ބޯގަންވިލާ އާއި، މަލިކުރުވާ މަލުން ރަށަށް އަންނަ މެހުމާނުން ހިތް އުވާފާފަދަ މަންޒިލަކަށް ހެދުމަށް ޒީނަތްތެރިކޮށްފައި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް