މިއަދު ހެނދުނު 11:00 ގައި ސްޓެލްކޯގައި ވަނީ އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
ރައީސް އެ ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖާބިރު ނުކުތުމުން ގިނަބަޔަކު އެމްޑީޕީއާގުޅޭނެކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ޖާބިރު އެމްޑީޕީއާ ގުޅުމަކީ އެމްޑީޕީއަށާއި އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމަކާއި ކުރިއެރުމެއް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެ ކަމަށް ރައީސް ސާލިހު ތަކުރާރުކޮށް މިއަދު ވިދާޅުވިއެވެ.
ޖާބިރަކީ މީގެކުރިން އުޅުއްވި ޕާޓީތައް: