ads
މީހަކު ހައްޔަރުކޮށްފައި
ބިދޭސީއެއްގެ ފަށެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފި
ބިދޭސީއެއްގެ ފަށެއް ފޭރިގަތް ކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ބިދޭސީއެއްގެ ފަށެއް ފޭރިގަތް ކަމަށް ތުހުމަތު ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުުރުމުން ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ. 

ބަންދު މަޖިލީހުގައި މި މީހާ ބުނެފައިވަނީ އޭނާއަކީ ބިދޭސީ މީހާގެ ފަށް ފޭރިގަތް މީހާ ނޫން ކަމަށެވެ. އޭނާ ބުނެފައިވަނީ އޭނާ މަސައްކަތް ކޮށްފައިވަނީ އެހެން ބަޔަކު ފޭރިގަތް ފަށެއް ހޯދައި ބިދޭސީ މީހާއާ ހަވާލު ކުރަން ކަމަށެވެ. 

ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ މި މީހާގެ ކުށުގެ ރެކޯޑް ކުރިންވެސް އޮންނަކަން ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

ކްރިމިނަލް ކޯޓުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި ވައްކަމުގެ މައްސަލައެއްގައި މީގެ ކުރިން އެ މީހާގެ މައްޗަށް ކުށް ސާބިތުވެ ހުކުމެއްވެސް ކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް