ads
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމެނެންޓް ސެކެޓްރީ އަހުމަދު އަލީ....
އަރަބިއްޔާ ސްކޫލް ދަރުމަންތަ ވަގުތީ އިމާރާތައް ބަދަލު ކުރަނީ
އަންނަ ދިރާސީ އަހަރު އަރަބިއްޔާ ދަރިވަރުން ކިޔަވާނީ މިހާރު ދަރުމަވަންތަ ހުންނަ އިމާރާތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރީގެ ޕާމެނެންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްގެ އިތުރު ކާފް ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ މިހާރު އަރައްބިއްޔާ ދަރިވަރުން ކިޔަވަމުން އަންނަ އެމްޓީސީސީ ސޯމިލް އިމާރާތުން އަންނަ އަހަރު ބަދަލުކުރާނެ ކަމަށެވެ.

އަންނަ އަހަރު އަރަބިއްޔާ ދަރިވަރުން ދަރުމަވަންތަ މިހާރުގެ އިމާރާތަށް ބަދަލު ކުރުމަކީ އަރަބިއްޔާގެ ދަރިވަރުންނާއި ބެލެނެވެރިންނަށް ލިބޭނެ އުފަލެއް ކަމަށްވެސް އަހުމަދު އަލީ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގެ މައްސަލައަށްބހައްލެއް ހޯދުމަށް ދަރުމަވަންތަ ސުކޫލަށް ބަދަލު ކުރަން ނިންމާފައިވާއިރު، އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ އިމާރާތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަނީ މުހިންމު އެތައް ކަމަކުން މަހްރޫމްވެގެން ތިބެ ކަމަށްބުނެ އެސްކޫލްގެ ބެލެނިވެރިން ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަރަބިއްޔާ ސްކޫލް ދަރުމަވަންތަ ވަގުތީ އިމާރާތައް ބަދަލުކުރާއިރު މާލޭ ޖަލާއި އިންވެގެން އޮންނަ ބިމުގައި ތަރައްގީ ކުރަމުން އަންނަ ދަރުމަވަންތަ ދާއިމީ އިމާރާތަށް ދިރާސީ އަހަރާއި އެކު ދަރުމަވަންތަ ބަދަލުވެގެން ދާނެއެވެ.

ބާ ޖަމާލުއްދީން ބިމުގަ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތެއް އެޅުމަށް މި ދިޔަ ސެޕްޓެމްބަރު މަހު ވަނީ އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައެވެ. 

މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު އަލީ އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.

2024 ގެ ޖެނުއަރީގައި އެ އިމާރާތްތަކުގައި އަރަބިއްޔާ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވެފައިއެވެ.

އެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިނިސްޓްރީން ނިންމީ ބާ ޖަމާލުއްދީންގައި އަރަބިއްޔާ އަލުން އިމާރާތް ކުރުމަށެވެ. އެންމެ ފުރަތަމަ ބާޖަމާލުއްދީން ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީވެސް އަރަބިއްޔާ ސްކޫލެވެ. ނަމަވެސް ފަހުން އެ ބިމުން އެއްބައި ޖަމާލުއްދީން ސްކޫލަށް ދިނުމަށް ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް