ads
ރާދޭގެ ޝޫޓިންތަކުގެ ތެރެއިން--
ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރާދޭގެ ޝޫޓިންތައް ކުރިއަށް!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ އިންޑިއާއަށް ފޯރާފައިވަނިކޮށް، ސަލްމާން ހާން އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސަލްމާންގެ ކުރިއަށް އޮތް ފިލްމު، "ރާދޭ: ޔުއާ މޮސްޓް ވޯންޑެޓް ބާއީ"ގެ ޝޫޓިންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ދިޝާ ޕަޓާނީއާއެކު ސަލްމާން ފިލްމުގެ ޝޫޓިންތަކުގައި އުޅެމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ބަލިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލަންއާ އެއްގޮތަށް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. 

ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވެސް މެދުކަނޑާލާފައިވާ މިދަނޑިވަޅުގައި ސަލްމާން އާއި ދިޝާ އަންނަނީ ޝޫޓިންގައި ހަރަކާތްތެރިވަމުންނެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި ފިލްމަކީ އަންނަ އީދުގައި ސިނަމާތަކަށް ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމެކެވެ. 

ކޮރޯނާ ވައިރަސް އިންޑިއާގައި ވެސް ފެތުރެމުންދާތީ ތަރިން މިހާރު ބޭރަށް ނިކުންނަނީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކް ވެސް އަޅައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް