
އީދަށް މާލޭގައި ދިއްލާފައި ހުރި ގިޑިގެއެއް: ފޮޓޯ މި
އީދަށް މަރުހަބާ ކިއުމުގެ ގޮތުން 22 ގިޑިގެއާ 2224 ބޮކިން މާލެ ދިއްލާލައިފި
ގުފްތަގް އަޖީރު
27 ޖޫން 2023 - 10:02:53
އަލްހާ އީދުގެ މުނާސަބަތުގައި މާލެ އާއި ވިލިމާލޭގައި ކުލަ ބޮކިތައް ލައި ޒީނަތްތެރިކޮށް ދިއްލާލައިފިއެވެ.
މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެއާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ. މާލޭގައި ބޮކިން ޒީނަތްތެރިކޮށްފައިވަނީ މަޖީދީ މަގު، ސޯސަން މަގު ފަދަ ބޮޑެތި މަގުތަކެވެ.
އީދަށް މާލެ ސިޓީ ދިއްލާލުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ވަނީ ހޯމަ ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ވެސް ބާއްވާފައެވެ.
"ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، އީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ. އެންމެ އިސްކަން ދޭންޖެހޭނީ ދެ އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ،" - މަލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު-
އީދަށް މަރުހަބާ ކިޔުމަށް ދުނިޔޭގެ ބައެއް އިސްލާމީ ގައުމުތަކުގައި ވެސް ބޮކިލައި ޒީނަތްތެރި ކުރާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން އީދު ދުވަހު އީދު ނަމާދަށްފަހު އުލްހިޔާ ކަތިލައި ރައްޔިތުންނަށް މަސް ބެހުމަށް ވަނީ ނިންމާފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް