ads
އައިޝާ ޒިވިޔާ ފަޒްމީން
ދެ ކުދިންގެ ނާރު ފީވަނީ، މަންޒަރު ބަލަން ކެތެއްނުވާނެ، ދިވެހި މަންމަ އެއްގެ ދުލުން!
"ތިން ދަރިން އެބަތިބި. ދޮށީ ދަރި ރަނގަޅު. އަނެއް ދެކުދިންގެ ނާރުފީވަނީ، އެއްކުއްޖަކު ތަންމަތީގައި. މަންޒަރު ބަލަން ކެތެއްނުވާނެ" އައްޑޫ މަރަދޫފޭދޫ ފިޔާޒާ މޫސާ ދީދީ އަސަރާއެކު ބުންޏެވެ.

ފިޔާޒާ ބުނީ އޭނާ އާއި، ފޭދޫ ފަޒްނީ ފަހުމީ ދެމީހުންގެ ކައިވެންޏަށް ތިންދަރިން ލިބިފައިވާ ކަމަށާއި، ދޮށްޓަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ދެވަނަ ކުއްޖަކު ލިބުނު ކަމަށާއި، ދެވަނަ ކުއްޖާ މިހާރު 11 އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެކުއްޖާ މިހާރު އޮތީ ބަސް ހުއްޓި ވާހަކަވެސް ނުދެއްކި ލޮލުން ނުފެނޭ ހާލުގައި ތަންމަތީގައި ކަމަށެވެ.

your imageފިޔާޒާ މޫސާދީދީގެ ދެވަނަ ދަރި....

އެ ދެމެފިރިންނަށް ލިބުނު ދެވަނަ ދަރިއަށް އެހާލާއި ކުރިމަތިލަމުން ދަނިކޮށް ތިންވަނަ ދަރިއަށް ބަޑު ބޮޑިވި ކަމަށާއި، ނަމަވެސް އެ ކުއްޖަކު ބަލިވުމުން އެއީ އަނެއްކުއްޖާ ބަލިވާން ދިމާވާ ސަބަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ދެވަނަ ދަރި ބަލިވެ ޑޮކްޓަރަށް ދެއްކުމުން އެކުއްޖާ އަށް ދިމާވަނީ ޖެނެޓިކް (އާއިލާ ގޮތުން ވާރަުތަކުރާ) މައްސަލައެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާތީ ބަނޑުބޮޑުވުމުން ޑޮކްޓަރަށް ދައްކާ ހަދާފައިވާ ކަމަށެވެ. 

ޑޮކްޓަރުން ވިދާޅުވީ މައްސައެއް ނެތް ކަމަށް. އެކަމަކު ޖެނެޓިިކް މައްސަލައެކޭ ބުނުމުން އަޅުނގަޑަށް ޝައްކު އޭރުވެސް އުފެދުނު. އެއީ ކުރިން ދެވަނަ ދަރި ގޮވައިގެން ބޭރަށް ގޮސް ދެއްކުމުން ޑޮކްޓަރުން އެގޮތަށް ވިދާޅުވެފައިވާތީ." ފިޔާޒާ

ފުރަތަމަ ލިބުނު ދެ ކުދިންނަކީ ފިރިހެން ދެ ކުދިން ކަމަށާއި، ފަހުން ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ. ދެވަނަ ކުއްޖާވެސް ވިހެއި އިރު އެއީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށާއި، ނަމަވެސް ކުއްޖާ ނުހިނގައިގެން ޑޮކްޓަރަށް ދެއްކުމުން މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ހިނގުން ބަލިކަށިވެ ބެލެންސް ނުވާގޮތްވާން ފެށުމުން  ރާއްޖެއިން ބޭރަށް ދިއުމުން ކުއްޖާގެ ބައްޔަކީ އަސްލު ކޮބައިކަން ޑޮކްޓަރުން ބުނެފައިވާތީ ތިން ވަނަ ކުއްޖާ ވިހައިގެން ވެސް ހުރީ އެ ޝައްކުގެ މަތީގައި ކަމަށެވެ.

ތިންވަނަ ކުއްޖާ އައިޝާ ޒިވިޔާ ފަޒްމީން ވެސް ވިހެއިރު ސިއްހަތު ރަނގަޅު ކަމަށާއި، ނަމަވެސް ހިނގާ އުމުރަށް އަރާ އެއް އަހަރާއި ހަތް މަސްވީތަނާ ކުޑަކޮށް ފިޔަވަޅު ނަގާ ހިނގަން ފެށި ކަމަށެވެ. އަދި ހަތަރު ފިޔަވަޅު އެޅުމަށްފަހު ބެލެންސް ގެއްލެން ފެށި ކަމަށެވެ. 

your imageފިޔާޒާ މޫސާދިދީގެ ހަނގުދަރި ޒިވިޔާ.........

އެހާ ހިސާބުން މިހާރު މަސައްކަތް މި ކުރަނީ އިންޑިޔާގައި ތިބެގެން ކުއްޖާ އަށް ފަރުވާ ހޯދުމަށް ކަމަށްވެސް ފިޔާޒާ ބުންޏެވެ. އިންޑިޔާ އިންވެސް މިބައްޔަށް ފަރުވާދެނީ ހަމައެކަނި ކުރިސްޓިއަން މެޑިކަލް ކޮލެޖް ކަމަށާއި، މިހާރު މިދަނީ އެތަނުގައި ތިބެ ފަރުވާ ހޯދުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މިހާރުވެސް ޒިވިޔާ ގޮވައިގެން އިންޑިޔާގައި ތިބޭތާ 2 މަސް ވެއްޖެ ކަމަށްބުނެ، ފިޔާޒާ ބުނީ ދެވަނަ ދަރި އޮތީ ރަށުގައި ކަމަށާއި، އެކުއްޖާގެ އުއްމީދުވެސް ކަނޑާލާފައިވާ ކަމަށެވެ. އެއީ ބަލި ދެނެގަނެވުނީ ވަރަށް ގިނަ ދުވަހުން ކަމަށް ފިޔާޒާ ބުންޏެވެ. މިހާރު ކުއްޖާގެ ނާރުތައް ފީވެ އޮތީ ބަސްހުއްޓި ފައި ތަންމަތީގައެވެ. އުމުރުން 11 އަހަރުގެ އެ ކުއްޖާ އަކީ އުމުރުން ތިން އަހަރުވަންދެން ދޫ ފަރިތަކޮށް ވާހަކަ ދައްކާ ހިނގުމުގައި ބެލެންސް ގެއްލުނަސް ހިނގާ ވެސް އުޅުނު ކުއްޖެއް ކަމަށެވެ.

އަދި ގުރުއާނުގެ އާޔަތްތައްވެސް ކޮންމެވެސް ވަރަށް ކިޔާ ހަދާ ކަމަށާއި، އަދި ހ.ށ. ވެސް ކިޔަވާ ކަމަށެވެ. ނަމަވެސް ތިން އަހަރަށްފަހުން ޑޮކްޓަރަށް ދައްކާ ފަރުވާ ކުރަމުން ދަނިކޮށް ކުއްޖާ މަޑުމަޑުން ބަލި ބޮޑުވަމުންގޮސް އެއްކޮށް އަޑުއިވުމާއި ވާހަކަ ދެއްކުމާއި ލޮލުގެ ފެނުމުގެ މައްސަލަތައް އިތުރުވެ މިހާރު އޮތީ ހަމަ އޮތްގޮތަށް އޮތް މަސްގަޑެއް ފަދައން ކަމަށެވެ.  

އިންޑިޔާ ޑޮކްޓަރުން ބުނި އޭރުވެސް އަވަހަށް ފަރުވާލިބުނުނަމަ ރަނގަޅުވާނެޔޭ. ފަރުވާ ނުލިބި އޭރު ލަސްވީ ރާއްޖޭގެ ޑޮކްޓަރުން ވެސް އާ ކަމަށްކަށް އެކަންވާތީ. އަދި އަސްލު ބައްޔާއި ފަރުވާ އެނގުނީ މާ ފަހުން. މިހާރު އަވަކުރެވޭތޯ މި ބަލަނީ ދެވަނަ ކުއްޖާ އަށް އެގޮތަށްވީމަ ޒިވިޔާ ބަލީގެ ކުރީ ކޮޅު އަވަހަށް ރަނގަޅު ކުރުމަށް. ޑޮކްޓަރުން ބުނެފައިވާތީ ތެރަޕީގެ ކަންތައް ހަމަޖެއްސޭތޯ. ފިޔާޒާ ބުންޏެވެ.

އަދި މި ބައްޔަށް ވަރަށް ބޮޑަށް ހަރަދު ހިގާނެ ކަމަށް ބުނެ ފިޔާޒާ ބުނީ  ޑޯނާ އަކަށް ދިމާ ކުރުމަށް ހަދާ ޓެސްޓަށް އެސްޓިމޭޓް ލެޓާ އެއްގެ ގޮތުން ނުވަހާސް ޑޮލަރު ނުވަތަ ދިހަ ހާސް ޑޮލަރު ހޮސްޕިޓަލަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ އިންޑިޔާގެ ދުރު އަވަށެއް ކަަމަށްވާ މެއިންސިޓީ ޗެންނާއީ ވޮލޯ ގައި ހުންނަ ހޮސްޕިލެއް ކަމަށާއި، އެ ހޮސްޕިޓަލުގައި ދޭ ފަރުވާ އަށް އާސަނަދަވެސް ނުލިބޭ ކަމަށެވެ. 

your imageފިޔާޒާ މޫސާދީދީގެ ހަނގު ދަރި ޒިވިޔާގެ ބަލިގެ ހާލަތު އަންގައިދޭ ލިއުމެއް....

ފިޔާޒާ އަށް ހަނގަށް ލިބުނު ދެ ދަރިންނަށް ޖެހިގައިވާ ބައްޔަކީ "މެޓަކޮރޮމެޓިކް ލުކޯޑީސްޓްރޯފީ" 

"މެޓަކްރޮމެޓިކް ލިއުކޯޑިސްޓްރޯފީ" އަކީ ނާރުތަކުގެ ސެލްތަކުގެ މެޓީރިއަލްތައް ވިހަކޮށް އުފެދުމުގެ ސަބަބުން ދިމާވާ ޖެނެޓިކް (ވާރުތަކުރާ) ބައްޔެކެވެ.

މ ބައްޔަކީ ޖެނެޓިކްސްގެ (އާއިލާ ވާރަތަކުރާ) ސަބަބުން ލިބޭ ދަރިންނަށް ވާރުތަ ކުރާ ބައްޔެކެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިނގުމުގެ ބެލެންސްގެ މައްސަލަތައް ދިމާވެއެވެ.

ބިހޭވިއާލް އެންޑް ލާނިން ޑިސްއެބިލިޓީސް

ބްލެޑާގެ މައްސަލަ

ނޭވާލާން އުނދަގޫވުން

އަޑުއިވުމާއި ވާހަކަ ދެއްކުމާއި ލޮލުގެ ފެނުމުގެ މައްސަލަތައް

މަސްތައް ކޮންޓްރޯލް ކުރުމުގެ މައްސަލަތައް ހިމެނޭ.

ޒިވިޔާ ގޮވައިގެން އިންޑިޔާގައި ތިބުމުގައި ވަރަށްބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަދި މިހާރު ފައިސާގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޒިވިޔާގެ ސްޓެމްސެލް ތެރަޕީއަށް ނުވަހާސް ޑޮލަރު ހޭދަވާއިރު، އިތުރަށް ދިހާސް ޑޮލަރު އޮޕަރޭޝަނާއި އެހެނިހެން ކަންކަމަށް ހޭދަވާނެ ކަމަށް ހޮސްޕިޓަލުން ބުނެފަިވާ ކަމަށް ފިޔާޒާ ބުންޏެވެ. 

ފިޔާޒާ އެދެނީ އޭނާގެ ދެ ދަރިންނަށް ޖެހިފައިވާ ހާލުން ސަލާމަތް ވުމަށެވެ. ނަމަވެސް ބަލި ދެނެނުގަނެވުމުގެ ސަބަބުން ދުވަސްވެ ދެވަނަ ދަރި ވަނީ އެއްކޮށް އުއްމީދު ކަނޑާލާފައެވެ. ނަމަވެސް އަދިވެސް ހަނގު ދަރި ޒިވިޔާ އަށް ފުރުސަތު އެބަ އޮތް ކަމަށް ޑޮކްޓަރުން ވަނީ އުއްމީދު ދީފައެވެ. އެއީ ބަލީގެ ކުރީ ކޮޅު ކަމަށްވާތީއެވެ. ފިޔާޒާ ބުނީ އަޅާނުލާ ދޫކޮށްލެވިއްޖެ ނަމަ ވަގުތު ފާއިތު ވެދާނެ ކަމަށެވެ. އެކަމަކު އެމީހުންގެ އަތުގައި ފައިސާ އެވަރަށް ނެތް ކަމަށާއި، އެދެނީ ޒިވިޔާގެ ހިނގޭނެ ގޮތެއްވުމަށެވެ. މުޅި ބަލިން ކުއްޖާ ސަލާމަތް ކުރުމަށް ތި އެންމެންގެ ދީލަތި އެހީތެރި ކަމެއް ބޭނުންވާ ކަމަށް ފިޔާޒާ ބުންޏެވެ. 

މާތް ﷲ އަށްޓަކާއި ކޮށްފި ހޭދަ އަކީ މަދުވެގެންދާނެ އެއްޗެއް ނޫނެވެ. 

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު: ފިޔާޒާ މޫސާ ދީދީ: އިންޑިޔާ ނަމްބަރު، +91 9042541633

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7702303135101 (ފިޔާޒާ މޫސާ ދީދީ)

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު: 7730000534579  (ފިޔާޒާ މޫސާ ދީދީ)

48%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް