ads
ޗެތްރީ
ދަގަނޑޭގެ ރެކޯޑާ ޗެތްރީ ހަމަކޮށްފި
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރާއްޖޭގެ އެއްމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ހަދާފައިވާ ރެކޯޑާ، އިންޑީޔާގެ ކެޕްޓަން ސުނިލް ޗެތްރީ އެއްވަރުކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި އަންގާރަ ދުވަހުގެ ރޭ ކުވައިތު ކޮޅަށް ޖެހި މޮޅު ލަނޑާއެކު ސުނިލް ޗެތްރީވަނީ ސާފް ޗެމްޕިއަންޝިޕުގައި ޖެހި ލަނޑުގެ އަދަދު 23 އަށް އަރުވައި ދަގަނޑޭގެ ރެކޯޑާ ހަމަކޮށްފައެވެ. ދަގަނޑޭވެސް ސާފް ޗެމްޕިއަންޝިޕުގައި ޖަހާފައިވަނީ 23 ލަނޑެވެ.  

ކުވައިތު ކޮޅަށް ޖެހި ލަނޑާއެކު ދަގަނޑޭގެ ރެކޯޑާ ޗެތްރީ އެއްވަރުކޮށްފައިވާއިރު މި މުބާރާތުގައި އެކަނި މިހާތަނަށް ޗެތްރީ ފަސް ލަނޑު ޖެހީއެވެ. އެންމެ ފަހުން މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައިވެސް ޗެތްރީ ފަސް ލަނޑު ޖެހިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު ކޮޅަށް ޗެތްރީ ހެޓްރިކެއް ހެދިއެވެ. އަދި ޖެހިގެން އައި މެޗުގައި ނޭޕާލް ކޮޅަށްވެސް ޗެތްރީ ލަނޑު ޖެހުމަށް ފަހު ކުވައިތު ކޮޅަށް ޖެހި ލަނޑާއެކު ކޮންމެ މެޗެއްގައި ޗެތްރީ ލަނޑު ޖެހީއެވެ. ޗެތްރީގެ ލަނޑު ޖެހުމުގެ ފޯމަށް ބަލާއިރު ސެމީ ފައިނަލް މެޗުވެސް އަދި އޮތުމާއެކު ދަގަނޑޭގެ ރެކޯޑް މުގުރާލުމަކީ އެކަށީގެންވާ ކަމެކެވެ.

ޗެތްރީއަކީ 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ހޯދި ކެޕްޓަނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ރަން ބޫޓުވެސް މާލޭގައި ހޯދީ ދަގަނޑޭވެސް ކުޅުނު މި މުބާރާތުގައި ޗެތްރީއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގޯލް ރެކޯޑް ދަގަނޑޭއާ ރެކޯޑާ މިރޭ ޗެތްރީ ހަމަކުރިއިރު، ޗެތްރީއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން މުޅި ދުނިޔޭން ހަތަރުވަނަ އެވެ. މި ލިސްޓުގައި ޗެތްރީގެ ކުރީގައި ދެން ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ، ލައޮނެލް މެސީ އަދި އިރާނުގެ ކުރީގެ ކުޅުންތެރިޔާ އަލީ ދާއީއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް