ads
އޮޕަރޭޝަން ތިއޭޓަރު
ވަޒިފާ ދޭނެކަމަށް ބުނެ އިނގިރޭސި ވިލާތައް ގެންގޮސް ކިޑުނީ އަތުލަން އުޅެފި
އިނގިރޭސި ވިލާތުން ވަޒިފާ ދޭނެކަމަށް ބުނެ ނައިޖީރިއާ މީހަކު، އިނގިރޭސި ވިލާތަށް ގެންގޮސް އޭނާގެ ކިޑުނީ އަތުލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
Advertisement

ނައިޖީރިއާ އިން އިނގިރޭސިވިލާތަށް ޓްރެފިކްކޮށްގެން ކިޑްނީ އަތުލަން އުޅެނިކޮށް ސަލާމަތްވި މީހާގެ ނަމަކީ ޑޭނިއަލްއެވެ.  

އިނގިރޭސި ވިލާތައް އޭނާ ގެންދިޔައީ ވަޒީފާއަކާއި ވިސާއެއް ދިނުމަށް ވައުދުވެގެން ނަމަވެސް އިނގިރޭސިވިލާތުގެ ހޮޓަލަކަށް ގެންގޮސް އޭނާ އިނގިރޭސި ވިލާތައް ގެނައުމަށް ހަރަދުވި ފައިސާގެ ބަދަލުގައި ކިޑްނީ ދޭން ޖެހޭނެ ކަމަށް ބުނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އެކަމަށް ދެކޮޅު ހެދުމުން އަނިޔާކުރާނެކަމުގެ އިންޒާރު ދީފައިވެއެވެ.

އެންމެ ފަހުން ޑޭނިޔަލް ވަނީ އޭނާ އަތުލައިގަތް މީހުންގެ އަތުން ސަލާމަތްވެ ފުލުހުންގެ ގާތަށް ގޮސްފައެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ހިމާޔަތުގައެވެ. އޭނާގެ އިނގިރޭސި ވިލާތައް ގެންދިޔަ މީހުން އޭނާ ހޯދައި އޭނާއަށް ގެއްލުން ދީފާނެތީ އެނާ ހުރީ ބިރުންނެވެ. އަދި އޭނާއަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ޖެހިފައިވާކަން ރިޕޯޓުތައް ބުނެއެވެ. 

މިއީ ގުނަވަން ވަގަށް ނަގާމީހުންގެ ބިރުވެރިކަން ހަނދާކޮށްދޭ ހާދިސާއެކެވެ. ގުނަވަން ވަގަށްނެގުމުގެ ވިޔަފާރިކުރުމަކީ ހަގީގީ އަދި ސީރިއަސް މައްސަލައެކެވެ. އެއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެއް ކަމާއި، އެމީހެއްގެގައުމާއި އިޖުތިމާއީ ހާލަތަށް ބެލުމެއްނެތި ދިމާވެދާނެ ކަމެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ. ދުވަހަކު ވެސް ތިމާގެ ގުނަވަންތަކުގެ ބަދަލުގައި ވަޒީފާއެއް ނުވަތަ ވިސާއެއް ހުށަހަޅާނަމަ އެކަމަށް ދެކޮޅު ހަދައި އެ ހުށަހެޅުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް